ޚަބަރު
އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިނުގަތުމުން ޒަމީރު ކަންބޮޑުވުން ފާޅުކުރައްވައިފި

ފަލަސްތީނުގެ ދައުލަތަކީ އދ.ގެ ފުރިހަމަ މެންބަރު ގައުމެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދު ކުރުމަށް އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހުން ބަލައިނުގަތުމުން ހާރިޖީ ވަޒީރު މޫސާ ޒަމީރު އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އދ.ގެ ފުރިހަމަ މެންބަރަކަށް ވުމަށް ފަލަސްތީނުގެ އެޕްލިކޭޝަނަށް ދެކޮޅު ހަދަން އދ.ގެ ސެކިއުރިޓީ ކައުންސިލް (ޔޫއެންއެސްސީ)އިން ނިންމުމުން ރާއްޖެއިން އެކަމާއި ހިތާމަ ކުރާ ކަމަށް ވިދާޅުވެފަ އެވެ.

“އަޅުގަނޑުމެން މިތިބީ އދ.ގެ 140 އަށްވުރެ ގިނަ މެމްބަރު ގައުމުތަކާއެކު ފަލަސްތީން މިނިވަންކުރުމަށް ކުރާ މަސައްކަތަށް ތާއީދުކޮށްގެން. އދ.ގެ އިންސާފުވެރިކަމާއި އެންމެންނަށް ހަމަހަމަކަން ދިނުމުގެ އުސޫލުތައް އދ އިން ދަމަހައްޓައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް”

https://twitter.com/MoosaZameer/status/1781197366084968821

1967 ގެ ކުރިން އޮތް ބޯޑަރުގެ މައްޗަށް ބިނާކޮށް މިނިވަން އަދި އިސްތިގުލާލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމުގެ މައްޗަށް ބިނާކޮށް އިންސާފުވެރި އަދި ދެމިއޮންނަ ހައްލަކަށް ޒަމީރު ވަނީ ގޮވާލައްވާފަ އެވެ.

ޒަމީރު މިހެން ވިދާޅުވީ އިއްޔެގައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުނު އެޕްލިކޭޝަން، އެ މަޖިލީހުން ބަލައިނުގަތުމާއި ގުޅިގެން ނެވެ.

ރާއްޖެއިން ފަލަސްތީނު އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ހަމަޖެއްސުމަށް ގޮވާލެއްވީ އިއްޔެ މެދުއިރުމަތީގެ ހާލަތާ ބެހޭ ގޮތުން  އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއާޓާލީ އޯޕަން ޑިބޭޓްގައި  ރައީސުލްޖުމްހޫރިއްޔާގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރު ދެއްވި ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ޕްރިންސިޕަލް ސެކްރެޓަރީ ނަސީރު ވަނީ ފަލަސްތީނުގެ ދައުލަތް ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ފުރިހަމަ ޝަރުޠެއް ނެތި ތާއީދު ދިނުމަށް އެ ޖަމިއްޔާގެ މެމްބަރުންނަށް ގޮވާލައްވާފަ އެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެއިން ވަނީ އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ. އަދި އިޒްރޭލުން އެތައް ފަހަރަކު މަތިން އދ. ގެ ސަލާމަތީ މަޖިލީހުގެ ޗާޓާއާއި ހިލާފުވެފައިވާތީ އެގައުމަށް  ހަތިޔާރު ވިއްކުން މަނާކުރުމަށްވެސް ގޮވާލާފައި އެވެ.

ކުރިއެކޭވެސް އެެއްފަދައިން ރާއްޖެއިން ވަނީ ދެ ދައުލަތުގެ ހައްލެއްގެ ތެރެއިން، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައަޅާ، މިނިވަން އަދި އިސްތިގުލާލު ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމަށް ގޮވާލާފަ އެވެ.

ރާއްޖެއިން އިން ތަކުރާރުކޮށް ބުނީ، ދެ ދައުލަތުގެ ހައްލެއްގެ ތެރެއިން، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްގެ ވެރިރަށް ކަމުގައިވާ، މިނިވަން އަދި އިސްތިގުލާލު ފަލަސްތީނުގެ ދައުލަތެއް ގާއިމްކުރުމަށެވެ.

މެދުއިރުމަތީގެ ހާލަތާ ބެހޭ ކުއާޓާލީ އޯޕަން ޑިބޭޓް ބާއްވަން ހަމަޖެހިފައިވަނީ މޯލްޓާގެ ރިޔާސީ ދައުރުގައި އެ ޖަމިއްޔާގެ ސަލާމަތީ މަޖިލީހުގަ އެވެ. 2 އޭޕްރީލް ގައި ފަލަސްތީނުން ވަނީ އދ.ގެ މެމްބަރުކަމަށް ފަލަސްތީނުން ހުށަހެޅި މައްސަލަ އަލުން ބެލުމަށް އެދި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލަށް ސިޓީއެއް ހުށަހަޅާފަ އެވެ. ނަމަވެސް އެކަމަށް މިހާތަނަށް  އދ. ގެ ސަލާމަތީ މަޖިލީހުން ފަލަސްތީނަށް އެދެވޭ ޖަވާބެއް ދީފައި ނުވެ އެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top