ޚަބަރު
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު ޑްރެޖާ އެއް ގެނެސް ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

މީގެ ކުރިން 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ އެއް ޑްރެޖާ ބޭނުންކޮށްގެން ނެވެ. އެއީ “ޓީއެސްއެޗްޑީ ވިލެމް ވެން އޮރަންހީ” އެވެ. މި ޑްރެޖާge ކެޕޭސިޓީ އަކީ 12،000 ކޮޑިމީޓަރެވެ.

ބިން ހިއްކުމުގެ މަސައްކަތަށް އިއްޔެ ގެނައި ދެވަނަ ޑްރެޖާ “ޓީއެސްއެޗްޑީ ޕްރިންސް ޑި ނެޑަރލެންޑެން” ގައި 22،000 ކޮޑިމީޓަރުގެ ވެލި އުފުލޭނެއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގައި މި 2 ޑްރެޖާ އެކީގައި ބޭނުންކުރަން ފެށުމުން މަސައްކަތް އިތުރަށް ހަލުވިވެގެންދާނެއ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފައި ވެއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކައި ނިންމައި، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަ ށެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top