ޚަބަރު
ފުނަދޫގެ އަދާލަތު ކެންޑިޑޭޓު ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކޮށްފި

ށ. ފުނަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު އިސްމާއިލް ހަމީދު، އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މަމްދޫހު ޔޫނުސް (މަންޑޭ) އަށް ތާއީދު ކުރަން ނިންމައިފި އެވެ.

އިސްމާއިލް ހަމީދު އެކަން ހާމަ ކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. މަންޑޭއަށް ތާއީދު ކުރަން ނިންމި ސަބަބެއްކަމަށް އިސްމާއިލް ހަމީދު ބުނެފައިވަނީ މަންޑޭއަކީ ސަރުކާރު ކެންޑިޑޭޓަށް ވެފައި ފުނަދޫ ދާއިރާގެ ކުރިއެރުމާ ތަރައްގީއަށް އެންމެ ފަހިގޮތަކީ ސަރުކާރުގެ ކެންޑިޑޭޓަކު މަޖިލީހުގައި އެ ދާއިރާ ތަމްސީލް ކުރުން ކަމަށް ފެންނާތީ ކަމަށެވެ.

އިސްމާއިލް ހަވީދު ވަނީ އޭނާއަށް ތާއީދު ކުރާ ހުރިހާ ކެންޑިޑޭޓުންވެސް މަމްދޫހުއަށް ވޯޓު ދިނުމަށް އެދިފަ އެވެ.

ވީމާ އަޅުގަނޑަށް ތާއީދު ކުރާ އަދި ހެޔޮ އެދިލައްވާ ދާއިރާގެ އެންމެހާ ރައްޔިތުން ކެންޑިޑޭޓް ނަންބަރު ފަހަކަށް ވޯޓް ދެއްވުން އެދެމެވެ.

މަންޑޭއަށް ތާއީދު ކުރަން އިސްމާއިލް ހަމީދު ނިންމާފައި މިވަނީ މަޖިލިސް އިންތިހާބުގެ ވޯޓަށް 48 ގަޑިއިރަށް ވުރެ މަދުވެފައި ވަނިކޮށެވެ.

ފުނަދޫ ދާއިރާއަކީ ވެރިކަން ކުރާ ކޮންގްރެސް ކޯލިޝަންއަށް ބޮޑު ތާއީދެއް އޮންނަ ދާއިރާ އެކެވެ. އެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރަނީ ގެމަނަފުށީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދެވެ. ދެން އެ ދާއިރާއަށް ވާދަ ކުރަނީ ޑިމޮކްރެޓްސްގެ ފަރާތުން އަބްދުލް ހަންނާނުގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރާ އަހުމަދު އިބްރާހިމްފުޅެވެ.

އަހުމަދު އިބްރާހިމްފުޅަކީ ފުނަދޫ ކައުންސިލްގެ ރައީސް އެވެ. އޭނާއަކީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓެކެވެ. ނަމަވެސް އަމިއްލަ ގޮތުން މަޖިލީހަށް ކުރިމަތިލާފައިވަނީ ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފްގެ ތާއީދާއެކު އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top