ކުޅިވަރު
އީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބަށް

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގެ ފަހުރުވެރި ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

އަންގާރަ ދުވަހުގެރޭ ފުރަތަމަ ކުޅެފައިވަނީ ސެމީ ފައިނަލްގެ ދެ މެޗެވެ. ފުރަތަމަ ސެމީގައި ބުރުން ވަނީ ޔުނައިޓެޑު އީސްޓް ކޯސްޓް ބަލިކޮށްފަ އެވެ. ޖޭކޭ ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު ފައިނަލުގެ ދެވަނަ ޖާގަ ހޯދާފައިވަނީ ކްލަބް ކާސިންޖީ (ސީކޭ) އެވެ.

ބުރުން ޗެމްޕިއަންކަން ހޯދާފައިވަނީ ސީދާ ދެ ގޭމުން ސީކޭ ބަލިކުރުމަށްފަހު އެވެ. މި މެޗުގައި ބުރުގެ މުހައްމަދު މިރުސާލް ޔާސިރުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފަ އެވެ. އެގޮތުން ބޭރުން ކުޅެ، ބުރުން ހޯދި ނުވަ ޕޮއިންޓުގެ ތެރެއިން ހަތް ޕޮއިންޓު ހޯދާފައިވަނީ މިރުސާލް އެވެ. މީގެއިތުރުން އޭނާ ވަނީ އެތެރެއިން ކުޅުނުއިރުވެސް ގިނަ ކުޅުންތެރިންތަކެއް ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މިއަހަރުގެ މިސްޓާ ބައިބަލާ އަކަށް ހޮވިފައިވަނީވެސް މިރުސާލް އެވެ.

މިއީ ބުރުން މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މިއަހަރުގެ މުބާރާތުގައި ޗެމްޕިއަން ޓީމަށް 100000 (އެއް ލައްކަ) ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނުއިރު، ރަނަރަޕް ޓީމަށް ވަނީ 40000 (ސާޅީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ލިބިފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top