ކުޅިވަރު
މާލެ ސަރަހައްދުގައި ސާފިން އަދި ބޮޑީބޯޑިން ސްޓޭޑިއަމްއެއް ހެދުމަށް ސޮއިކޮށްފި

މާލެ ސަރަހައްދުގައި ސާފިން އަދި ބޮޑީބޯޑިން ސްޓޭޑިއަމްއެއް ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އާއި ޗައިނާގެ ރޯޓައިމް އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސް ވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ބޮޑެތި އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގައި ބާއްވާއިރު ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. އެގޮތުން، ފަނޑިޔާރުން ތިބޭނެ ތަނާއި، ސަޕޯޓަރުންގެ ސަރަހައްދުގެ އިތުރުން މީޑިއާ އަށް ހާއްސަ ސަރަހައްދެއް ހެދުމަށް ވަނީ ނިންމާފަ އެވެ.

ސޮއިކުރުމުގެ ރަަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓާ ވިދާޅުވީ، މިފަދަ ސްޓޭޑިއަމް އެއް ތަރައްގީ ކުރުމުން، މުބާރާތްތައް ޕްރޮމޯޓްކުރަން ވަރަށް ފަސޭހަ ވާނެކަމަ ށެވެ. މީގެއިތުރުން، މިއަހަރުގެ ތެރޭގައި މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާކަމަށް މިނިސްޓާ ވިދާާޅުވި އެވެ.

ސާފިން އާއި ބޮޑީބޯޑިން އަކީ މިވަގުތު ރާއްޖޭގައި އެންމެ ކުރިއަރަމުންދާ ކުޅިވަރު ތަކުގެ ލިސްޓުގައި ހިމެނޭ ދެ ކުޅިވަަރެވެ. އެގޮތުން، ރާއްޖޭގައިވަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބާއްވާފަ އެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top