ޚަބަރު
ނައިބު ރައީސްގެ އުފަން ރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާއަށް ވާދަ ކުރާ ކެންޑިޑޭޓުގެ ކެމްޕޭނަން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އެރަށަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ފަރެސްމާތޮޑާ އަކީ ނައިބު ރައީސްގެ އުފަން ރަށެވެ. އެމަނިކުފާނު މިއަދު އެރަށަށް ވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު އަޝްރަފް ރަޝީދުގެ ކެމްޕޭނުގައި ބައިވެރިވެ ވަޑައިގެންނެވުނަށެވެ. އަޝްރަފް އަކީވެސް ފަރެސްމާތޮޑާއަށް ނިސްބަތްވާ މީހެކެވެ.

ނައިބު ރައީސް ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވަރަށް ގިނަ ބަޔަކު ވަނީ ބަނދަރަށް ގޮސްފަ އެވެ. އަދި ދިވެހި ދިދައާއި ދިވެހިވަންތަ ބޮޑުބެރުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރުކަން ދެ ދައުރު ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓުގެ ގޮތުގައި ހަމަޖެއްސެވި އިރުވެސް ހުންނެވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރުގެ ގޮތުގަ އެވެ.

3
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top