ޚަބަރު
ސޯޝަލް މީޑިއާގައި ދައުރުވަނީ އަސްލު ފްލެޓް ލިސްޓެއް ނޫން: އޭސީސީ

‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން މިދިޔަ ސަރުކާރުން ނެރުނު ފްލެޓް ލިސްޓް ދިރާސާ ކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ލިސްޓުކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދަނީ އަސްލު ލިސްޓެއް ނޫންކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީން މިހެން ބުނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ލިސްޓާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އޭސީސީގެ ނޫސް ބަޔާނުގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ލިސްޓަކީ އެ ކޮމިޝަންގެ ލިސްޓެއް ނޫންކަން އެ ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވާކަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ބުނެފައިވެ އެވެ.

އެ ކޮމިޝަންގެ އެއްވެސް މަސައްކަތަކަށް އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން އޭސީސީން ވަނީ ދީފަ އެވެ. އަދި އެ ކޮމިޝަނުގެ އެންމެ މަތީ މަސްލަހަތަކީ ގާނޫނު ނަގަހައްޓާ ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top