ޚަބަރު
ރޭސިން އާއި ޑްރިފްޓް ސްޕޯރޓްސް އެރީނާއެއް ތަރައްގީ ކުރަނީ
ފޮޓޯ: އެޗްޑީސީ

 

ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނާއެއް ތަރައްގީކުރުމަށް މިނިސްޓްރީ އޮފް ސްޕޯރޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަން އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސް ވުމުގައި ސޮއިކޮށްފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ ރާފިއު އަދި އެޗްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

މިއީ ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މޮޓޯ ސްޕޯޓްސްއަށް އެކަށޭނަ ސަރަހައްދެއް ތަރައްގީކުރެވިފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. ރޭސިން އަދި ޑްރިފްޓް ސްޕޯރޓްސް އެރީނާ ތަރައްގީކުރުމުން ރައްކާތެރި ގޮތެއްގައި މޮޓޯ ސްޕޯޓްސް ގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ޒުވާނުންނަށް ތަފާތު ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދީ، ހުނަރު ތަރައްގީ ކުރުމަށް އެހީތެރިވުމަކީ އެޗްޑީސީ އިން އަބަދުވެސް އިސްކަން ދޭ ކަމެއް ކަމަށް އެކޯޕަރޭޝަނުން ބުނެފައި ވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top