ޚަބަރު
ތިން ރަށެއްގެ މަގުތައް ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ފޮޓޯ: އާރްޑީސީ

ތިން ރަށެއްގެ މަގުތައް ތަރައްގީކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހދ. މަކުނުދޫ، ރ. މާކުރަތު އަދި ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ އާއި މި ކޯޕަރޭޝަނާއި ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މުހައްމަދެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު އަފީފެވެ.

“ޖަޒީރާ” އަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މަޝްރޫއުގެ ދަށުން ސްޓޯމް ވޯޓާ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top