ކުޅިވަރު
ޗެމްޕިއަން ސިޓީ ކަޓުވާލުމަށްފަހު ރެއާލް ސެމީ އަށް

ޔުއެފާ ޗެންޕިއަންސް ލީގުގެ ދިފާއީ ޗެމްޕިއަން، މެންޗެސްޓާ ސިޓީ ކަޓުވާލުމަށްފަހު ރެއާލް މެޑްރިޑް ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. ބުދަ ދުވަހުގެރޭ ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެވެސް ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެނެވެ. ރެއާލުން ސިޓީގެ މައްޗަށް ކުރިހޯދީ ޕެނަލްޓީގަ އެވެ.

މެޗު ފެށިގެން 12 މިނެޓުގެ ތެރޭގައި ރެއާލުން ވަނީ ގޯލް ޖަހާފަ އެވެ. އެ ޓީމަށް ކުރިހޯދައިދިނީ ރޮޑްރިގޯ އެވެ.

ދެވަނަ ހާފު ފެށިގެންވެސް ސިޓީއިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރެވުނު އިރު، ރެއާލުންވެސް ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ކުޅެފަ އެވެ. 76 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންސް ފޫއަޅުވާލައި ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެވިން ޑި ބްރޭނާ އެވެ.

ނަތީޖާ އެއްވަރުވެ އިތުރު ވަގުތުގެ ދެ ހާފުގައިވެސް އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓި ޖަހާފަ އެވެ. ރެއާލުން ނާކާމިޔާބުވި ހަމައެކަނި މޮޑްރިޗްގެ ޕެނަލްޓީ އެވެ. އެ ޕެނަލްޓީ ސިޓީގެ ކީޕަރު އެޑާސަން ވަނީ ދިފާއުކޮށްފަ އެވެ. ސިޓީގެ ބެނާޑޯ ސިލްވާ އާއި ކޮވަސިޗް ޖެހި ޕެނަލްޓީ ރެއާލްގެ ކީޕަރު ލުނިން ވަނީ ދިފާއުކޮށްފަ އެވެ. މިއާއެކު ރެއާލަށް ވަނީ 4-3 ގެ ނަތީޖާއަކުން ޕެނަލްޓީގައި ކުރިލިބިފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ތަށި ސިޓީއިން އުފުލާލީ ރެއާލް ކަޓުވާލުމަށްފަހު އެވެ. މިއަހަރު ރެއާލުން މިވަނީ ސިޓީގެ ކިބައިން ބަދަލު ހިފާފަ އެވެ. ސެމީގައި ސިޓީ ނިކުންނާނީ ބަޔާން އާ ދެކޮޅަ ށެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top