ޚަބަރު
ޔޫސުފް ނައީމް މިނިވަންކޮށް މައްސަލަ އަލުން ބެލުމަށް ހުކުމްކޮށްފި

ވ. އާރަށް ކުއްޔަށް ހޯދީ ރިޝްވަތު ދެއްވައިގެންކަން ސާބިތުވުމާ ގުޅިގެން ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް ހުކުމްކޮށްފި އެވެ.

ހައި ކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ މި މައްސަލައިގެ އިސްތިއުނާފް މަރުހަލާގައި މިއަދު އެ ކޯޓުގައި ބޭއްވި ޝަރީއަތުގަ އެވެ. ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލުކޮށްފައިވަނީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ހައި ކޯޓުން މިއަދު އިއްވި ހުކުމުގައިވަނީ ކްރިމިނަލް ކޯޓުން މި މައްސަލަ ބެލި އިރު ހަދާފައިވާ ބޮޑެތި ގޯސްތަކެއް ފާހަގަކޮށްފަ އެވެ. އެހެންކަމުން ހައި ކޯޓުން ހުކުމްކުރީ ކްރިމިނަލް ކޯޓުން ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބެލުމަށެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ އަލުން ބަލާއިރު މިއަދު ހައި ކޯޓުން ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތް ކުރުމަށް ހައި ކޯޓުގެ ހުކުމުގައި އަމުރުކޮށްފައިވެ އެވެ.

ޔޫސުފް ނައީމްގެ މައްސަލައިގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ އިސްތިއުނާފްވެސް މިއަދު ކުރިއަށް ދާނެ އެވެ. އެ މައްސަލައިގައި ހުކުމް ކުރުމަށް ނިންމާފައިވަނީ 16:00 ގަ އެވެ.

ޔޫސުފް ނައީމަށާއި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވާކަމަށް ނިންމާ އެ ދެ މީހުން ޖަލަށްލުމަށް އެ ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top