ޚަބަރު
ބޯހިޔާވަހިކަމުގެ ސްކީމްތަކާއި ބެހޭގޮތުން ފަތުރަނީ ދޮގު ހަބަރު: ހައުސިން މިނިސްޓްރީ

ކުރީ ސަރުކާރުން ތައާރަފްކުރި “ގެދޮރުވެރިޔާ” އާއި “ބިންވެރިޔާ” ސްކީމާއި ބެހޭގޮތުން މީސް މީޑިއާގައި ފަތުރަނީ ދޮގު ހަބަރު ތަކެއް ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިހެން ބުނީ މި ސްކީމްތަކުގެ ހައްގުވެރިން ކަމަށް ނިންމާފައިވާ ދާއިމީ ލިސްޓުން 80 އިންސައްތަ ފޯމްތައް ބާތިލުކޮށްފައިވާ ކަމަށް ބުނެ މީސް މީޑިއާގެ ހޭންޑްލްއަކުން ލިސްޓެއް ދައުރުކުރުމާއި ގުޅިގެން ނެވެ.

މިކަމަށް ރިއާޔަތްކޮށް ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ސަރުކާރުގެ ވިސްނުމަކީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމުގައިވާއިރު، އުސޫލާއި ހިލާފަށް އެއްވެސް ރައްޔިތަކު މިއިން ސްކީމެއްގެ ދަށުން ބާކީކޮށް ނުލާނެ ކަމަށެވެ.

“އަދި މި މަސައްކަތަކީ އެތައްހާސް ރައްޔިތުންނެއްގެ ބޯހިޔާވަހިކަމުގެ އުންމީދުތަކާ ގުޅިފައިވާ ވަރަށް ހައްސާސް މައްސަލައެއް ކަމަށްވާތީ މިކަމުގައި މި މިނިސްްޓްރީގެ ރަސްމީ ބަހެއް ހޯދުމެއްނެތި، ސިޔާސީ ބޭނުމަށް ހަގީގަތާ ހިލާފު ހަބަރު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރަން” ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top