ޚަބަރު
ޗީފް އޮފް ޑިފެންސް ފޯސް، އަބްދުއްރަހީމް ރިޓަޔާ ކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް، 39 އަހަރަށްފަހު ސިފައިންގެ ހިދުމަތުން ރޭ ރިޓަޔާ ކުރައްވައިފި އެވެ.

އެމްއެންޑީއެފުން ބުނީ ޝަރަފުވެރިކަމާއި އެކު އޭނާ ރިޓަޔާ ކުރެއްވީ އުމުރުން 60 އަހަރު ވުމުން ކަމަށެވެ.

އަބްދުއްރަހީމް ސިފައިންގެ ޗީފަކަށް އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވުމާއި އެކު، ނިމިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އޭގެ ކުރިން އަބްދުއްރަހީމް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ.

އަބްދުއްރަހީމް މީގެ ކުރިންވެސް އާ ސަރުކާރާ އެކު ރިޓަޔާކުރައްވަން ނިންމެވި ނަމަވެސް 60 އަހަރު ވާން ކުޑަ ދުވަސްކޮޅެއް އޮތުމުން މަގާމުގައި މަޑުކުރެއްވީ އެވެ.

ރައީސް މުއިއްޒު ވަނީ މިއަދު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަ ޖެނެރަލް އިބްރާހިމް ހިލްމީ އައްޔަން ކުރައްވާފަ އެވެ. އަދި ވައިސް ޗީފަކަށް މެރިން ކޯގެ ކޮމާންޑަކަށް ހުންނެވި ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް އައްޔަން ކުރައްވާފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top