ޚަބަރު
ފްލެޓު ލިސްޓު ރިވިއު ކުރުމަށްފަހު ފްލެޓު ދޫކުރާނަން: މިނިސްޓަރު ހައިދަރު

‘ގެދޮރުވެރިޔާ’ ސްކީމްގެ ދަށުން ފްލެޓް ލިބޭކަމަށް ކަނޑައަޅާ ހަދާފައިވާ ލިސްޓް އިތުރަށް ބަލާ މުތާލިއާ ކުރަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ހިޔާ ފްލެޓުގައި އިތުރު ލިފްޓް ހަރުކުރުމަށްޓަކައި ހިޔާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްތަރު ހައިދަރު ވިދާޅުވީ ފްލެޓް އިތުރަށް މުތާލިއާ ކުރަން ޖެހޭ ކަމަށާއި ފްލެޓްތައް ހަވާލު ކުރާނީ އެއަށްފަހު ކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ހަދާފައިވާ ފްލެޓް ލިސްޓުގައި ތިބި މީހުންނަކީ ޝަރުތު ހަމަވާ ބައެއްތޯ ޔަގީން ކުރަން ޖެހޭ ކަމަށާއި ފްލެޓްތައް ދޫކުރާނީ އެކަންކަން ބެލުމަށް ފަހުގައި ކަމަށެވެ.

މިހާރު އިމާރަތް ކުރެވެމުންދާ 4،000 ފްލެޓުގައި ދިރިއުޅޭނެ ރައްޔިތުން ހޮވުމުގައި ވެސް ކުރީ ސަރުކާރުން ނިންމަވާފައިވާ ލިސްޓުތައް އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް ވަރެއްގެ މުތާލިޔާތަކެއްކޮށް، އެ ލިސްޓުތަކަކީ ކަނޑައެޅިގެން ކުރީ ސަރުކާރުން ކަނޑަޅާފައިވާ ޝަރުތުތަކަށް ފެތޭ ބަޔެއްތޯ ކަނޑައަޅަން.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފާ ފްލެޓުތަކެއްގެ ޝަރުތުހަމަވާ މީހުންގެ ލިސްޓުކަމަށް ބުނެ މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ނެރެފައިވާ ލިސްޓު ރިވިއު ކުރުމުގެ މަސައްކަތް ކުރަނީ ބޯހިޔާވަހިކަމުގެ ކަންތައް ބެލުމަށް ކަނޑައަޅާފައިވަނީ މިނިވަން މުސްތަގިއްލު ކޮމެޓީންކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި މި މަސައްކަތުގެ ތެރެއަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުވަންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ތިބި މީހުންގެ ޝަރުތު ހަމަވޭތޯ ކަނޑައަޅާނީ އެ ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކާއި ޝަރުތުތަކުގެ މައްޗަށްކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓު ލިސްޓުން ޝަރުތު ހަމަނުވެގެން އުނިވާ މީހަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގެ ތެރޭގައި ފްލެޓު ލިބޭނެކަމަށް ހައިދަރު ވިދާޅުވި އެވެ. ސަބަބަކީ މި ފަސް އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ވާނެތީކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top