ޚަބަރު
އެފްޑީސީގެ ފްލެޓްތައް އަވަސްކުރުމަށް ލޭބަރުން އިތުރުކުރަނީ
އެފްޑީސީގެ އެމްޑީ ހަމްދާން ޝަކީލް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރާ ފްލެޓްތަކުގެ މަސައްކަތް އަވަސް ކުރުވުމަށް އެ މަޝްރޫއުގައި މަސައްކަތް ކުރާނެ ލޭބަރުން އިތުރު ކުރައްވަން އުޅޭ ކަމަށް އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ފްލެޓް ޓަވަރުތަކާއި ހާއްސަކޮށް ނިމުމާއި ހަވާލުކުރާ ތާރީހުގައި އިތުރު އަޕްޑޭޓްތަކެއް ހޯދުމަށް އެދި ގިނަ އަދަދެއްގެ ޑީއެމްތައް އޭނާއަށް ލިބިފައިވާތީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވަނީ އެފްޑީސީން ބިނާކުރާ ފްލެޓްތަކުގެ އެންމެ ފަހު އަދާހަމަ ހާމަކުރައްވާފަ އެވެ.

އެކްސްގައި ހަމްދާން ވަނީ ދެ ކަމެއް ހާމަކުރައްވާފަ އެވެ.

ހަމްދާން ވަނީ ނިމިދިޔަ ސަރުކާރުން ކުރިމަތިކުރުވި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެފްޑީސީއަށް ކުރިމަތިވި ނާކާމިޔާބީތަކުން އަރައިގަނެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ. މިއަހަރު 4000 ޔުނިޓް ނިންމާފައި ފްލެޓްގެ ހައްގުވެރިންނާއި ހަވާލުކުރުމުގެ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ބަލަމުންދާ ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.

މިމަހު އެކަނިވެސް އެން.ބީ.ސީ.ސީ ފަރާތުން މި މަޝްރޫއުއަށް އިތުރު 250 ލޭބަރުން ގެންނަމުން ދާ ކަމަށް ހަމްދާން ވިދާޅުވި އެވެ.

“ސްޓްރަކްޗަރަލް މަސައްކަތްތައް ނިމުމުން އަޅުގަނޑުމެން ތިބޭނީ ހުނަރު ނެތް ލޭބަރުންގެ ބަދަލުގައި ފިނިޝިން މަސައްކަތްތަކަށް ހުނަރުވެރި ލޭބަރުން ގެނެސްފަ.  ޖުމްލަ 3000 އަށް އިތުރު ލޭބަރުން ގެނެސްގެން މި މަޝްރޫއު އަވަސް ކުރުމަށް އަޅުގަނޑުމެން ހިޔާލުކޮށްފަވޭ”

އިންޑިއާގެ އެގްޒިމް ބޭންކުން ދެ ލޯނެއްގެ ގޮތުގައި 227 މިލިއަން ޑޮލަރު ހޯދައިގެން ނިމިދިޔަ ސަރުކާރުން ތަރައްގީކުރަން ފެށި “އަމާން އުދަރެސް” ގެ ޖުމްލަ 16 ޓަވަރު ބިނާކުރަމުން އެބަދެއެވެ. އެ ހުރިހާ ފްލެޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ކުންފުންޏާއި އެވެ. އަދި “އަމާން ދޯދި” ނަމުގައި ހަދާ 16 ޓަވަރު ހަވާލުކޮށްފައިވަނީ އެންބީސީސީ އާއި އެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top