ޚަބަރު
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ އައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބޭފުޅަކު ޢައްޔަނުކުރެއްވުން

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.

މި މަގާމަށް ހިލްމީ އައްޔަން ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ކޯސްޓު ގާޑުގެ ކޮމާންޑަންޓުގެ މަގާމުގަ އެވެ. ސިފައިންގެ ޗީފްގެ މަގާމުގެ ކުރިން ހުންނެވީ ލެފްޓިނެންޓު ޖެނެރަލް، އަބްދުއްރަހީމް އަބްދުއްލަތީފް އެވެ. ސިފައިންގެ ޗީފުގެ މަގާމު ހުސްވީ އަބްދުއްރަހީމް ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އަހްމަދު އިޔާޒު އައްޔަނުކުރެއްވީ ވެސް މި ޖަލްސާގަ އެވެ.

މޭޖާ ޖެނެރަލް ހިލްމީ ވަނީ ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރެއިނިން އެންޑް އެޑިއުކޭޝަންގެ ކޮމާންޑިން އޮފިސަރުކަމާއި ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓުގެ ޕްރިންސިޕަލް ޑައިރެކްޓަރު ކަމާއި ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަގާމު އަދާ ކުރައްވައިފަ އެވެ. އޭގެ އިތުރުން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ކޮމާންޑަރު ކަމާއި ސެންޓްރަލް އޭރިއާ ކޮމާންޑުގެ ކޮމާންޑަރުގެ މަގާމުގައި ވެސް ހުންނެވި އެވެ.

ހިލްމީ ސިފައިންގެ ވަޒީފާއަށް ވެންނެވީ އޭޕްރީލް 25، 1988، ގަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top