ޚަބަރު
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުން ވަރަށް މުހިންމު: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބުން ވަރަށް މުހިންމު ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ ރޭ މާލޭގައި ޕީއެންސީގެ ފަރާތުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒަކީ އިހުލާސްތެރި ތެދުވެރި އަދި މަދުން ނޫނީ ނުލިބޭނެ ފަދަ ރައީސްއެއް ކަމަށް ނައިބު ރައީސް ވަނީ އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރައްވާ ރައީސްއަށް ތައުރީފު ކުރައްވާފަ އެވެ.

މިފަދަ ވެރިއަކު ގައުމު ހިންގަން ހަވާލުވެ ހުންނެވި އިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނަށް ލިބުން ވަރަށް މުހިންމު.

 

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒަކީ ހިކުމަތްތެރި ސިޔާސީ ވަރުގަދަ ލީޑަރެއްކަމަށެވެ. އަދި ދެގޮތެއްނުވާނެ ލީޑަރެއް ކަމަށެވެ. ހަމައެހެންމެ ރައްޔިތުންނާ ބައްދަލުކުރައްވާ ވަރަށް ގާތުން ރައްޔިތުންގެ ކަންކަން ބައްލަވާ، ރައްޔިތުންނާ އެކުވެރި ގާތް ގުޅުމެއް ބާއްވަވަން ބޭނުންފުޅުވާ ތެދުވެރި ބޭފުޅެއް ކަމަށެވެ.

ރިޔާސީ އިންތިހާބަށް ފަހު ވެސް ރައީސް މުއިއްޒު ރައްޔިތުން ދޫކޮށް ނުލައްވާ ކަމަށް ނައީބު ރައިސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ކޮންމެ ދުވަހަކުވެސް ރައީސް ބައްލަވައި އެކަންކަން އަވަސްކޮށްދެއްވުމަށް އެދިލައްވާ ކަމަށެވެ. އަދި ރައްޔިތުންގެ އެއްވެސް ކަމެއްގައި ލަސްނުކުރައްވާ އެކަމެއް ވީހާވެސް ލުއި ގޮތަކަށް ކުރެވޭނެ ގޮތް ހަމަޖައްސައި ދެއްވަން ހުންނަވާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭގައި ސަރުކާރުގެ ބާރު ބޭނުންކޮށްގެން އެއްވެސް ތަރައްގީއެއް ކޮށްފައި ނުވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގެ ވިސްނުން ހުރީ މަޖިލީހުގެ ބޭނުން ހިފައި ތަރައްގީ ގެނައުމަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. ރައީސް މުއިއްޒު ބޭނުންފުޅުވާ ހަލުވި މިނުގައި ތަރައްގީ ގެނެސްދެވެން އޮތީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބިގެން ކަމަށް ވެސް ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

އަންނަ އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖެއަށް ތަރައްގީ ގެނެސްދިނުމަށް ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ނަގައިދިނުމަށް ނައިބު ރައީސް ވަނީ އެދި ލައްވާފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top