ޚަބަރު
ހައި ކޯޓުން ރައީސް ޔާމީން މިނިވަންކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގައި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ބުނެ ދަށު ކޯޓުން އިއްވި ހުކުމް ގޯސްކަމަށް ނިންމާ ހައި ކޯޓުން އެ ހުކުމް ބާތިލްކޮށްފި އެވެ.

މި ނިންމުމާއެކު ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހަތް އަހަރުގެ ޖަލު ހުކުމް ބާތިލްވީ އެވެ. މިއަދު ހަވީރު ހައި ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ރިޝްވަތު ހިފި ކަމުގެ ކުށް ސާބިތުވުމުން އިއްވި ހުކުމް ބާތިލްކޮށްފަ އެވެ. އެއާއެކު އެމަނިކުފާނު މިހާރު ވަނީ ހުރިހާ ޖަލު ހުކުމަކުން މިނިވަން ވެފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ބުނެ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ހައި ކޯޓަށް ފާހަގަވާ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ވަނީ އަންގާފަ އެވެ. އަދި އަލުން އެ މައްސަލަ ބަލާނަމަ ހައި ކޯޓުން ފާހަގަ ކުރި ނުކުތާތަކަށް ރިއާޔަތް ކުރުމަށްވެސް އަމުރުކޮށްފައިވެ އެވެ.

ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލް ކުރުމަށް ހުކުމް ކުރީ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ހައި ކޯޓުން މި މައްސަލައިގައި ހުކުމްކޮށްފައި މިވަނީ މި މައްސަލައިގެ ޝަރީއަތެއް ނުބާއްވާތާ ފަސް ވަރަކަށް މަސް ފަހުންނެވެ. މި މައްސަލައިގައި އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ. ހައި ކޯޓުން އެ ދުވަހުވަނީ އެ މައްސަލައިގެ ފަހުބަސް އިއްވާފަ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top