ޚަބަރު
އަޅުގަނޑުގެ ދުއާއަކީ މާދަމާ ރައީސް ޔާމީނަށް އިންސާފު ލިބުން: ރައީސް

މާދަމާ ބާއްވާ ކޯޓުގެ ހުކުމް އިއްވުމުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިންސާފާއި މިނިވަންކަން ލިބިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕެއިން ހަރަކާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަންގައި ސިޔާސީ ގޮތުން އިންތިހާބުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާތީ ރައީސް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެއީ ދައުލަތުގެ އެއް ބާރުގެ މަސައްކަތްތަކުގެ ތެރެއަށް ދެވަނަ ބާރުން ނުފޫޒު ފޯރުވުން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަން ހުއްޓެވޭނީ މި ސަރުކާރުގެ ކެންޑިޑޭޓުން ހޮވިވަޑައިގެންކަމަށް ރައީސް ވިދާޅުވި އެވެ.

ޔާމީންގެ ވާހަކަ ދައްކަވަމުން ރައީސް ވަނީ މިއަދާއި ހަމައަށް ޖޭއެސްސީގެ ތެރެއަށް އެމްޑީޕީގެ ނުފޫޒު ފޯރުވިކަމަށް ވިދާޅުވެ، އެކަން ކުށްވެރިކުރައްވާފަ އެވެ.

މީގެ ކުރީގައި އެމަނިކުފާނާއި އަރިސް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މާދަމާގެ ކޯޓު މައްސަލައިގެ ހުކުމް އިއްވޭއިރު އެމަނިކުފާނަށް ފުރިހަމަ މިނިވަންކަން ލިބިވަޑައިގަތުމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް މަގުފަހިވެއްޖެނަމަ، ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެވަޑައިގަތް ހުރިހާ ބޭފުޅުން މިނިވަންކަންމަތީގައި ތިއްބެވުމަކީ އެމަނިކުފާނުގެ އުންމީދެއް ކަމަށްވެސް ވިދާޅުވި އެވެ. ސަބަބަކީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިޔާސީންނާއި ދޭތެރޭ އެއްވެސް ބަދަލުހިއްޕެވުމުގެ ރޫހެއް ނުގެންގުޅުއްވާތީ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، މީގެ ކުރީގައި ވެރިކަން ކުރެއްވި ސަރުކާރުތަކުން ކުރީގެ ސިޔާސީ ވެރިން ހައްޔަރުކުރެއްވި މަންޒަރު ފެނިވަޑައިގަތްކަން ރައީސް ފާހަގަކުރެއްވި އެވެ.

“އޭރުގައި މިނިސްޓަރުކަން ކުރެއްވި ފަރާތްތަކުން މިނިސްޓަރުކަން ކުރެއްވީތީ ގެންގޮސް ހައްޔަރުކުރައްވާތަން ނުފެންނާނެ މި ސަރުކާރަކުން. އެހެން ނަމަވެސް، މިހާރު އިދިކޮޅު ފަރާތްތަކުން ޕޯޑިއަމްތަކުގައި ދައްކަވަނީ ކޮން ވާހަކައެއްތޯ؟”

ރައީސް މުއިއްޒު ޔާމީނާއި ބެހޭގޮތުން މި މޭރުމުން ވާހަކަދެއްކެވިއިރު ޔާމީންގެ ގާނޫނީ ޓީމެއްގައި ހިމެނޭ ވަކީލެއް ވަންނަނީ ޔާމީންގެ ޝަރީއަތަށް އެންމެ ބޮޑަށް ނުފޫޒު ފޯރަނީ އެމްޑީޕީން ކަމަށް ތުހުމަތު ކޮށްފަ އެވެ. އެމްޑީޕީގެ ވެރިކަމުގައި ހިޔާނާތުގެ މައްސަލައިގައި ހައްޔަރުކުރި ޔާމީންގެ މައްސަލައިގެ އަޑުއެހުންތައް ނިމިދިޔަ ސަރުކާރު ތެރޭގައި ވަނީ ނިމިފަ އެވެ. އެހެން ނަމަވެސް، ކުރީ ސަރުކާރުގައި ޔާމީންގެ ޝަރީއަތް ކުރިއަށްނުދާތާ އެތައް ދުވަސްތަކެއް ފާއިތުވެފައި ވެއެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ދާދި ފަހުން ޔާމީންގެ މައްސަލައިގެ ހުކުމް އިއްވުން ލަސްވާތީ، އެކަން ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު އެންމެފަހުން ޔާމީންގެ ޝަރީއަތް ތާވަލުކުރެވުމުން އެކަމާއި ރައީސް ވަނީ އުފާފާޅުކުރައްވާފަ އެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top