ޚަބަރު
ހަމަޖެހުމާއި މިނިވަންކަން ޔަގީންކުރަން މި އިންތިހާބު މުހިންމު: ރައީސް

ހަމަޖެހުމާއި މިނިވަންކަން ޔަގީންކުރަން މިފަހަަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރަށް ކާމިޔާބީ މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕެއިން ހަރަކާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނެވެ.

އަންނަ އާދީއްތަ ދުވަހު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރަށް މެޖޯރިޓީ ހޯދާދިނުން މުހިންމު ކަމަށް ރައީސް ވިދާޅުވި އެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރަށް އުނދަގޫކުރަން މަޖިލީހާއި ސަރުކާރުގެ ދޭތެރޭ ކޯޅުމާއި ހަމަނުޖެހުން ކުރިމަތިކުރުވަން އެމްޑީޕީގެ މެންބަރުން ސަރުކާރު ހޮވުނުތާ މާގިނަ ދުވަހެއް ނުވަނީސް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް މަޖިލީހުގެ ތެރެއިން އަމާންކަމާއިއެކީ ކުރިއަށްގެންދެވޭނީ ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

“ސަރުކާރާއި ރައްޔިތުންގެ މެދަށް ހުރަހެއްގެ ގޮތުގައި ހުރުމަކީ އެއީ ތަޅާފޮޅުން. ރައްޔިތުން  (މެންބަރުން) އިންތިހާބުކުރީ ތަޅާފޮޅުމަކަށް ނޫން. ރައްޔިތުންގެ މަޖިލީސް އެއީ ގައުމުގެ ރައްކާތެރިކަމާއި ހަމަޖެހުމަށް މުހިންމު ތަނެއް”

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top