ޚަބަރު
ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

ވ. ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 16 އޭޕްރީލް ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން، 12,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބާ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 77 މީޓަރުގެ ބޭރުތޮށި ލުމާއި، 482 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 249.66 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1847 އަކަ މީޓަރުގެ ހާބާ ޕޭވްމަންޓް ޖެހުމާއި، 16 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިން ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީން) ބުނެފައި ވެއެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުއަކީ 40.57 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެކުންފުނިން މައުލޫމާތު ދީފައި ވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top