ޚަބަރު
ތޮއްޑޫ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
ފޮޓޯ: އާރްޑީސީ

އއ. ތޮއްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު ތޮއްޑޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މި ރަސްމިއްޔާތުގައި މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓ) އަލީ ޒުހައިރު އާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއި ކުރެވުނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 77,426,106.17 ދިވެހި ރުފިޔާ އެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 2.84 ކިލޯމީޓަރު ހިމެނޭހެން 5 މަގެއްގެ މަސައްކަތް ކުރެވޭނެ އެވެ. ތޮއްޑޫގެ މަގުތައް ތަރައްގީ ކުރެވިގެންދާނީ ސްޓޯމް ވޯޓާ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ކުރެވިގެން ނެވެ.

ތޮއްޑޫ މަގުތައް ތަރައްގީ ކުރަން ނިންމާފައިވަނީ ތާރުގެ ބަދަލުގައި ގައު އަތުރައިގެން ނެވެ. ތޮއްޑޫގައި ގާއިމް ކުރެވޭ މި ކޯޕަރޭޝަނުގެ ސައިޓާއި އަދި މަގު ހެދުމުގެ މަޝްރޫއުއަށް ބޭނުންވާ ސާމާނުގެ އިތުރުން ވެހިކަލްތައް މިހާރުވަނީ އެރަށަށް ފޮނުވިފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top