ޚަބަރު
މަޖިލިސް އިންތިހާބު ދުވަހު 5:30 އާއި ހަމައަށް ވޯޓުލެވޭނެ

އޭޕްރީލް 21 ގައި ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ހަވީރު 05:30 އާއި ހަމައަށް އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިގޮތަށް ނިންމީ ވޯޓުލާ ދުވަހު މޫސުން ގޯސްވެދާނެ ކަމަށް ލަފާކުރެވޭތީ އިއްޔެ ބޭއްވި މަޖލީސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގައި މަޝްވަރާކޮށްފަ އެވެ. ޕާޓީތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ވަނީ ވޯޓުލާ ދުވަހު ވަގުތު އިތުރުކުރުމަށް އެދިފަ އެވެ. ލަފާދޭ ކޮމިޓީން ބުނީ މި ދުވަސްވަރަކީ ރާއްޖޭގައި ހޫނުމިން އިހުސާސް ކުރެވޭ މިންވަރު ގަދަ ދުވަސްވަރަކަށް ވުމުން ވޯޓު ލާން ދާ މީހުން ވޯޓުލާ މަރުކަޒުތަކަށް ހަވީރުގެ ފިނިވަގުތުކޮޅުގައި ދާން ބޭނުންވާނެ ކަމަށެވެ.

އެހެން ކަމުން، އާދީއްތަ ދުވަހު ބައްވާ ވޯޓުލުން ކުރިއަށްގެންދާނީ ހެނދުނު 08:00 އިން ހަވީރު 05:30 ގެ ނިޔަލަށެވެ. މީގެ ކުރިން ވޯޓުލުން ބަންދުވާ ގަޑިއެއްގެ ގޮތުގައި އީސީން ކަނޑައެޅީ ހަވީރު 04:00 އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ހޮވުމަށް ކަނޑައަޅާފައި ވެއެވެ.

 

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top