ޚަބަރު
ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުން މާދަމާ
ކުރީގެ ރައީސް އަބްދުﷲ ޔާމީން. -- ފޮޓޯ: މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ތައާވަލްކޮށްފި އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ. މާދަމާ ހައި ކޯޓުގައި ތައާވަލްކޮށްފައިވަނީ އެމަނިކުފާނުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފްގެ މައްސަލަ އެވެ.

ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގައި އެންމެ ފަހުން އަޑު އެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު އެވެ. ހައި ކޯޓުން އެ ދުވަހުވަނީ އެ މައްސަލައިގެ ފަހުބަސް އިއްވާފަ އެވެ.

މި މައްސަލައިގެ ހުކުމް އިއްވުން ލަސްވެފައިވާތީ ރައީސް ޔާމީންގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ހައި ކޯޓުން ކުރިން ބުނެފައިވަނީ މި މައްސަލަ ލަސްވިކަމަށް ނުދެކޭ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރުން ލަސްވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައިވެ އެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ. އަދި އެދެނީ ވީހާވެސް އަވަހަކަށް ރައީސް ޔާމީން މިނިވަންވުން ކަމަށްވެސް ސަރުކާރުން ބުނެ އެވެ.

16
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top