ޚަބަރު
ރައީސް ޔާމީންގެ ޝަރީއަތަށް އަދިވެސް ނުފޫޒު ފޯރުވަނީ އެމްޑީޕީން: ވަކީލު
ރައީސް ޔާމީންގެ ވަކީލެއްކަމަށްވާ އަބްދުﷲ ޝިޔާޒް. -- ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް މިހާރުވެސް ނުފޫޒު ފޯރުވަމުން ދަނީ ކުރިންވެސް ރައީސް ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވަމުން އައި އެމްޑީޕީން ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އަބްދުﷲ ޝިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

ޝިޔާޒް މިހެން ވިދާޅުވީ މިއަދު އެކްސް ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީން މިހާރުވެސް ކުރާ ކަމަކީ ރައީސް ޔާމީންގެ މައްޗަށް އިތުރު ތުހުމަތުތަކެއްކޮށް އަބުރު ކަތިލާ އޭގެ ސިޔާސީ ފައިދާ ނެގުން ކަމަށެވެ.

އަޅުގަނޑު  ގަބޫލު  ކުރަނީ  އޭރުވެސް  އަދި  މިހާރުވެސް  ރައްޔިތުންގެ  މަޖިލީހުގެ  އަގުލަބިއްޔަތު  އޮވެގެން ޝަރީއަތަށް  ނުފޫޒު  ފޯރުވަނީ  ކުރިންވެސް  އެކަން  ކުރި  ފަރާތްތައް  އިސްވެ  ތިބެ.

އެމްޑީޕީމް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވުމާ އެކު ނިޒާމީ ގޮތެއްގައި ރޭވިގެން ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އޮފިޝަލުންގެ މައްޗަށް ހަގީގަތެއް ނެތް އިންޓެލިޖެންސް ރިޕޯޓުތަކެއް އުފައްދާ ދޮގު ތުހުމަތުތަކެއް ކޮށްފައިވާކަމަށް ޝިޔާޒް ވިދާޅުވި އެވެ. އަދި މިކަމުގެ ހެއްކަކީ ރައީސް ޔާމީނާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ހުށަހެޅި ޖިނާއީ ދައުވާތައްކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ނުހައްގުން ދައުވާތަކެއްކޮށް އެމަނިކުފާނު ޖަލަށްލީ އެމްޑީޕީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ރިޔާސީ އިތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ކަމަށްވެސް ޝިޔާޒް ވިދާޅުވި އެވެ. އަދި އެއީ ސިޔާސީ ގޮތުން ރައީސް ޔާމީނާއި ޕީޕީއެމް އަދި ޕީއެންސީގެ ވަތަނީ ފިކުރުގެ ލަޝްކަރު ބަލިކޮށްލުމަށް އެމްޑީޕީން ކުރި ކަމެއްގެ ގޮތުގައި ޝިޔާޒް ވަނީ ސިފަކޮށްފަ އެވެ.

ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އެ މައްސަލަ އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހަޅާފަ އެވެ. އެ މައްސަލައިގެ ގޮތެއް ނިންމުން މާދަމާ އޮންނާނެ އެވެ.

3
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top