ކުޅިވަރު
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް: އީސްޓް ކޯސްޓް، ބުރު، ސީކޭ އަދި ޖޭކޭ ސެމީ އަށް

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖްގެ ސެމީ ފައިނަލުން ޔުނައިޓެޑް އީސްޓް ކޯސްޓް، ބުރު ސްޕޯޓްސް ކްލަބް، ކްލަބް ކާސިންޖީ (ސީކޭ) އަދި ޖޭކޭ ސްޕޯޓްސް ކްލަބް ފުރުސަތު ހޯދައިފި އެވެ.

އަންގާރަ ދުވަހުގެރޭ ކުޅެވުނު ކުއާޓާ ފައިނަލުގެ މެޗުތަކުން މި ހަތަރު ޓީމުވެސް މޮޅުވެފައިވަނީ ސީދާ ދެ ގޭމުންނެވެ. އެތެރެއިން ކުޅެގެންވެސް އަދި ބޭރުން ކުޅެގެންވެސް މި ޓީމުތަކުން ވަނީ ތަފާތު ދައްކާފަ އެވެ.

ބުރު ސެމީ އިން ފުރުސަތު ހޯދީ ވިއެނާ ސްޕޯޓްސް ބަލިކުރުމަށްފަހު އެވެ. އަދި ސީކޭ ސެމީ އަށް ދަތުރު ކުރީ ޓީސީ ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު އެވެ.

ސެމީގެ ތިންވަނަ ޖާގަ އީސްޓް ކޯސްޓުން ހޯދީ ކުޑަހެންވޭރު ޔުނައިޓެޑް ބަލިކުރުމަށްފަހު އެވެ. އަދި ސެމީގެ ފަހު ޖާގަ ޖޭކޭ އިން ކަށަވަރުކުރީ ކްލަބް އޯވަންއޯ ގެ މައްޗަށް ކުރިހޯދައިގެނެވެ.

ސެމީގައި ބުރު ނިކުންނާނީ އީސްޓް ކޯސްޓާ ދެކޮޅަ ށެވެ. އަދި ސީކޭ ބައްދަލުކުރާނީ ޖޭކޭ އާ އެވެ. މި މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ގައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top