ޚަބަރު
މާފަރުފަޅު މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފި

މާފަރުފަޅަކީ އދ. މަހިބަދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސް މުއިއްޒު ނެރުއްވި ގަރާރެއްގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން މާފަރުފަޅަކީ މަހިބަދޫގެ ބައެެއްގެ ގޮތުގައި ކަނޑައަޅައިފިކަން އިއުލާން ކުރައްވާފަ އެވެ.

ރައީސް ސޮއިކުރައްވާ ނެރުއްވި ގަރާރު ގައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އޮކްޓޫބަރު 14، 2010 ގައި ސަރުކާރުގެ ގެޒެޓް ގައި ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަށް އިސްލާހު ގެންނަވާ ކަމަށް ބަޔާންކުރައްވާފަ އެވެ.

މާފަރުފަޅު މަހިބަދޫގެ ބައެއްގެ ގޮތުގައި ހައްދަވަން ނިންމެވުމުގެ ކުރިން ރައީސް ވަނީ އިއްޔެގައި އއ. ވެލިދޫދިއްގާ ފަޅަކީ އެ އަތޮޅު ބޮޑުފުޅަދޫގެ ބައެއް ކަމުގައި ކަނޑައަޅާފައެވެ. އަދި ނ އަތޮޅު ފަރުމުލި އާއި ކަނޑިންމާހުރާ އަކީ ނ. މާފަރުގެ ބައެއްގެ ގޮތުގައި ވެސް ވަނީ ކަނޑައަޅާފައެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top