ޚަބަރު
ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކައިފި
ގުޅީފަޅު

ކ. ގުޅީފަޅުން 150 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ ކ.ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް 15 އޭޕްރީލް ގައި ނިމިފައިވާއިރު، ގުޅީފަޅު ހިއްކުމަށް ޖުމްލަ 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ވަނީ ޕަމްޕްކޮށްގެން ނެރެފައި ކަމަށެވެ.

މި މަޝްރޫއުއާއި ހަވާލުވި ބޮސްކާލިސް ކުންފުނިން ވަނީ ގުޅީފަޅުގެ 150 ހެކްޓަރުގެ ބިން (18 މިލިއަން ކިއުބިކް މީޓަރުގެ ވެލި) ހިއްކައި ބިން ހިއްކުމުގެ މަސައްކަތް ނިންމާފަ އެވެ. މިނިސްޓަރު ވިދާޅުވީ ފަޅު ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދާ ކަމަށެވެ. އަދި ސަރުކާރުން އިއުލާންކުރި އިތުރު 85 ހެކްޓަރުގެ މަޝްރޫއު އެކުލަވާލުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދާ ކަމަށްވެސް ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ގުޅީފަޅު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ޖުލައި 2023 ގައެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top