ޚަބަރު
ރާއްޖޭގައި ވީޗެޓް ޕޭ ފެށުމަށް މަޝްވަރާކޮށްފި

ޗައިނާގެ ވަރުގަދަ ވިޔަފާރި ކުންފުނި ޓެންސެންޓް ކުންފުނީގެ ދަށުން ހިންގާ ވީޗެޓް ޕޭ ރާއްޖެއަށް ތައާރަފްކުރުމަށް މަޝްވަރާކޮށްފި އެވެ.

ޓެންސެންޓްގެ ވަފްދެއް ވަނީ މިއަދުގެ ވަގުތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބައްދަލުކުރައްވާފަ އެވެ. ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވީޗެޓް ޕޭ ގެ ރީޖަނަލް ޑިރެކްޓަރާއި މިއަދު ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މި ބައްދަލުވުމުގައި ވީޗެޓް ފޭ މެދުވެރިވެގެން ފައިސާގެ މުއާމަލާތްތައް ރާއްޖޭގައި ކުރެވޭ ގޮތް ހެދުމަށް މަޝްވަރާކޮށްފަ އެވެ.

މިނިސްޓަރު ސައީދު ވަނީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ލ. އަތޮޅުގެ ރަށްރަށަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ލ. މާވަށު ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން މިކަން އިއުލާންކުރައްވާފަ އެވެ.

ބައިނަލްއަގްވާމީ މަންސަތަކުގައި ނަން ހިނގާ އީވޮލެޓްތައްވެސް ރާއްޖެއަށް ތައާރަފްކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށް ސައީދު އެޖަލްސާގައި ހާމަކުރެއްވި އެވެ.

މި މަސް ތެރޭގައި ވީޗެޓާއި އަލީ ޕޭ ފަދަ ބައިނަލްއަގްވާމީ ވިޔަފާރިވެރިން ރާއްޖެއަށް ވަޑައިގެން ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ މި ސަރުކާރުގެ ބާރު ދުވެލީގެ ހެއްކެއް ކަމަށް ސައީދު ވިދާޅުވި އެވެ.

“އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮރެއާ، ޖަޕާން، ޗައިނާ، ޔޫއެސްއ،ޭ ސިންގަޕ،ޯ މެލޭޝިޔާ، އިންޑިއ،ާ ޔޫއޭއ،ީ މިހެން ގޮސް ހުރިހާ ވަރުގަދަ އީ ވޮލެޓެއް ރާއްޖޭ ގެންނަން ވަރަށް ބާރަށް މަސައްކަތް ކުރަން.” ސައީދު ވިދާޅުވެފައި ވެއެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top