ޚަބަރު
ގައުމުގައި ހަމަޖެހުން ނެތި ހާސިލުވާނެ ތަރައްގީއެއް ނެތް: ރައީސް

ގައުމުގައި ހަމަޖެހުން ނެތި ހާސިލުވާނެ ތަރައްގީއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިރޭ ރައީސް މިފަދައިން ވިދާޅުވީ ޕީއެންސީގެ ޓިކެޓްގައި މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓްގެ ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުން ނެވެ.

މި ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ވިދަޅުވީ އޭޕްރީލް 21 ގައި އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓު ލައްވަންވީ ތަރައްގީގެ ފިކުރަށް ކަމަށެވެ.

ރައީސް ވިދާޅުވީ ރެއާއި ދުވާލު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ ބަޔަކަށް ވޯޓު ލުމުގެ ރިސްކް ނަގައިފިއްޔާ ސަރުކާރުން އެދޭ ތަރައްގީއެއް ނުގެނެވޭނެ ކަމަށެވެ. ގެދޮރުވެރިކަމުގެ މައްސަލަ ބާރު ސްޕީޑްގައި ހައްލުކުރުމުގެ ވިސްނުން ބާއްވައިގެން ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.

ފުށިދިއްގަރު ފަޅުގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށްގެންދަން ބޭރުގެ އެހީ ހޯދަން އެޖެންޑާ ނުކުރި މަޖިލީހަކަށް ރައްޔިތުން ބިކަކުރުމުގެ ފުރުސަތު ނުދެއްވަން ރައީސް އެދިވަޑައިގެންނެވި އެވެ.

އެމްޑީޕީ ސަރުކާރުން އޭރު އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރުގައިވެސް އެމްޑީޕީ ސަރުކާރުން މާލޭގައި ހިންގަން ބޭނުންވި އެކި މަސައްކަތްތަކަށް އެއްބާރުލެއްވުން ނުދެއްވިކަން ރައީސް ފާހަގަކުރެއްވި އެވެ.

އެމްޑީޕީ ސަރުކާރުން ފަހުވަގުތު ނަމެއްގައި ކަނޑައަޅާ ގޮތަށް ކަނޑުނާއި ފަޅުން ގޯތި ދޫކުރިކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރު ހިންގަން އެމަނިކުފާނަށް ފުރުސަތު ދެއްވާ، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ދިނުމުން ވާނީ ކިހިނެއްތޯ އެމަނިކުފާނު ސުވާލު ކުރެއްވި އެވެ.

“އަޅުގަނޑުމެން މިތިބީ މި ވެރިކަމުގެ މިހާތަނަށްއައިއިރު ރެއާއި ދުވާލު ތަރައްގީ ޔަގީން ކުރުމަށް އެކަނި. އަލަށް ފެށިގެންދަނީ އެތައް މަސައްކަތްތަކެއް. އެއަށް ހުރަސް އަޅާނެ ބައެއް މަޖިލީހަށް ހޮވަންވީ ސަބަބެއް އަޅުގަނޑަކަށް ނޭނގޭ. މިގައުުމުގަ ހަމަޖެހުމެއްނެތި ވާން އޮތް ތަރައްގީއެއް ނެތް” ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މީގެ ކުރީގެ ވެރިކަންތަކުގައި ސަރުކާރު ބަދަލުވާއިރު ދައުލަތުގެ ކުރީގެ އިސްވެރިން ހައްޔަރުކުރުމާއި އެފަދަ ކަންތައްތައް ފެނިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ފުރިހަމަ ތާއީދެއް ލިބިއްޖެނަމަ ކޮންމެ ރައްޔިތަކުވެސް ފަހުރުވެރިވާނެ 5 އަހަރެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.

“އަބަދަކު ދެތިން މީހުން ބޭނުންވަގޮތަކަށް  ނޫން އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލު ބަހައްޓަންވީ. އަޅުގަނޑުމެންނާއި ސަރުކާރު ހަވާޅުވީއިރު އިގްތިސާދު އޮތީ ކިހިނެއް. މިހާރު އިރާދަކުރެއްވިއްޔާ ރަނގަޅު ހަމައިގައި އެދަނީ. ކުރީ ސަރުކާރުގެ މިސްރާބު ގޯސްވެގެން އަޅުގަނޑުމެން ދިވެހިންގެ ރާއްޖެ އެއް، ޕްރޯ މޯލްޑިވްސް އިހްތިޔާރުކުރީ”

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top