ދުނިޔެ
އިރާނުގެ ޑްރޯންތައް ސައުދީން ވައްޓާލާފައި ނުވޭ
ސައުދީ އަރަބިއްޔާގެ ދިދަ

އިރާނުން އިޒްރޭލަށް ފޮނުވި ޑްރޯންއާއި މިސައިލްތައް ސައުދީ އަރަބިއްޔާއިން ވައްޓާލާފައިނުވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން މިގޮތަށް ރިޕޯޓްކޮށްފައިވަނީ އިޒްރޭލަށް އަމާޒުކޮށްގެން އިރާނުގެ ޕްރޮޖެކްޓައިލްތައް ހުއްޓުވުމުގައި ސައުދީ ބައިވެރިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ސައުދީގެ ރަސްމީ ވެބްސައިޓަކަށް ނިސްބަތްކޮށްފައިވާ ބަޔާންތަކަކާ ގުޅިގެން ނެވެ.

ހޮނިހިރު ދުވަހުގެ ރޭ އިރާނުން ވަނީ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލަށް އަމާޒުކޮށް އެތައް ސަތޭކަ ޑްރޯންތަކަކާއި މިސައިލްތަކެއް ފޮނުވާލާފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ވައިގެ މަގުން ދިން ހަމަލާތަކުގެ 99 އިންސައްތަ ހުއްޓުވާފައި ވަނީ އެމެރިކާ އާއި އެހެން ގައުމުތަކުގެ އެހީތެރިކަމާއެކު ކަމަށެވެ. އިޒްރޭލުން ބުނެފައި ވަނީ އެއްރޭގެ ހަމަލާއިން ލިބުނީ ކުދިކުދި ގެއްލުންތަކެއް ކަމަށެވެ.

އިޒްެރޭލަށް އީރާނުން ދިން ހަމަލާއާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަނީ “އެންމެ ފެންވަރުގެ” ހިފެހެއްޓުމާއި ހަނގުރާމަތަކުގެ ނުރައްކާތެރިކަމުން އެ ސަރަހައްދާއި ރައްޔިތުން ސަލާމަތްކުރުމަށް ގޮވާލާފަ އެވެ.

 

46
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top