ޚަބަރު
އެޗްޑީސީން އައިއޭސީއަށް އެއްމިލިއަން ރުފިޔާ ހަދިޔާކޮށްފި
ފޮޓޯ: އައިއޭސީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އަށް އެއް މިލިއަން ރުފިޔާ ސަދަގާތެއްގެ ގޮތުގައި ހަދިޔާ ކޮށްފި އެވެ.

އައިއޭސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެޗްޑީސީން ގައްޒާ އެމަޖެންސީ ރިލީފް ފަންޑަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާ ކަމަށް ހާމަކޮށްފަ އެވެ.

އެކަމަށްޓަކައި އައިއޭސީން ވަނީ އެޗްޑީސީގެ އިތުރުން ފަލަސްތީނަށް އެހީވާން ފައިސާ ހަދިޔާ ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފަ އެވެ. އިޒްރޭލުން 7 އޮކްޓޫބަރަށްފަހު ގައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން އާންމުން ދޭ އެހީ އޭގެ ހައްގުވެރި ފަރާތްތަަކަށް ފޯރުކޮށްދީ، އޭގެ ތަފްސީލު ހާމަކުރާނެ ކަމުގެ ޔަގީންކަން އައިއޭސީން ދީފައި ވެއެވެ.

އެޗްޑީސީން ވަނީ މިދިޔަ އަހަރުގައި އައިއޭސީއާއި ގުޅިގެން ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމަށް އެެއްބަސްވުމެއްގައިވެސ ްސޮއިކޮށްފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top