ޚަބަރު
ގަވައިދާ ހިލާފަށް މަސްވެރިކަން ކުރި ލަންކާ ބޯޓެއް ދައުލަތަށް ނަގައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރި ސްރީ ލަންކާގެ މަސް ބޯޓަކަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމާ ވަނީ އެ ބޯޓުގެ ވެރި މީހާ ހަތް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން އެ ބޯޓާއި އެ ބޯޓުގައި ހުރި ވަސީލަތްތަކާއި މުދާ ދައުލަތަށް ނެގުމަށެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ‘ސުދިސަ ޕުތަ 02’ ކިޔާ ލަންކާ ބޯޓަކަށެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ އެ ބޯޓުގެ ވެރި ފަރާތްކަމަށްވާ ޕީއެސްއެސް ފަނެންޑޯ ޖޫރިމަނާކޮށް ޕެނަލްޓީ ނޯޓިސް ފޮނުވާފަ އެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އޭނާ އެ ފައިސާ ދައްކާފައެއް ނުވެ އެވެ. ދައުލަތުން ދައުވާކޮށްފައިވަނީ އެ ފައިސާ އަކީ އޭނާ ދައްކަން ޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން ދައުލަތުން ވަނީ އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ ދައުލަތަށް ލިބޭ ގޮތް ހެދުމަށާއި އެ ބޯޓު ދައުލަތަށް ނަގައިދިނުމަށްވެސް ދައުވާކޮށްފަ އެވެ.

ދައުލަތުގެ މި ދައިވާއާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ ހަތް ލައްކަ ރުފިޔާ އަކީ ޕީއެސްއެސް ފަނެންޑޯ ފިޝަރީޒް މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާކަމަށް ކަނޑައަޅާފަ އެވެ. އަދި 15 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ. މީގެ އިތުރުން މަސްބާނަން ގެންގުޅު ބޯޓާއި އެ ބޯޓުގައި ހުރި ވަސީލަތްތަކާއި މުދާ ދައުލަތަށް ނެގުމަށްވެސް ހުކުމުގައި ބުނެފައިވެ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top