ޚަބަރު
“ޖަޒީރާ” ޓެލެގްރާމް މައްސަލައިގައި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި

“ޖަޒީރާ” ޓެލެގްރާމް ޗެނަލް މައްސަލައިގައި 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު މައުލޫމާތުދިން ގޮތުގައި މި މީހާ ހައްޔަރުކޮށްފައިވަނީ ނިމިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހުގަ އެވެ.

ަ”އެމީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ވަނީ ދީފަ. އަދި ދެވަނަ މުއްދަތަށްވެސް 15 ދުވަސް ދީފައިވޭ” ފުލުހުން ބުނީ މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިރިހެންމީހާއަކީ ޓެކްސީ ޑްރައިވަރެކެވެ. އަދި އޭނާ ވަނީ ހަށިވިއްކުމުގެ މަސައްކަތަށް އޭނާގެ ޓެކްސީ ބޭނުންކޮށްފަ އެވެ.

“ޖަޒީރާ” ޓެލެގްރާމް ލިންކްތަކުން ވަނީ “ޖަޒީރާ އެޑްމިން”، “ޖަޒީރާ ގާރލްސް”، “ޖަޒީރާ އެސްކޯޓް ގެލެރީ”، “ޖަޒީރާ ސްކޭމް އެލާޓް” އަދި “ޖަޒީރާ ލިންކް ޚަބަރު”ގެ ނަމުގައި ތަފާތު އެކި ކުށްތައް ހިންގާފަ އެވެ.

ފުލުހުން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުންދިޔަ މި ޓެލެގްރާމް ޗެނަލްތައް ސީޒްކޮށް އެ މައްސަލައިގައި ދެ މީހަކު މިދިޔަ މާޗް މަހުގައި ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގައި މިދިޔަ މާޗް މަހުގެ 6 ވަނަ ދުވަހު ވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ފުލުހުން ހައްޔަރުކޮށްފައި ވެއެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top