ޚަބަރު
“ލައިސެންސް ފީ ކައުންސިލްތަކަށް ލިބުމުން ކައުންސިލްތައް ބާރުވެރި ވާނެ”

ލައިސެންސް ދޫކުރުމުގެ ހިދުމަތުން ނަގާ އިދާރީ ފީ ސީދާ ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން ނިންމި ނިންމުމަކީ ކައުންސިލްތައް ބާރުވެރި ކުރުވުމަށް ނިންމި ނިންމުމެއްކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މިނިސްޓަރު ވިދާޅުވީ މި ބަދަލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ލައިސަންސް ދޫކުރުމުގެ ހިދުމަތުންނަގާ އިދާރީ ފީ ސީދާ ކައުންސިލްތަކަށް ލިބޭގޮތަށް ސަރުކާރުން ނިންމަވައިފި.

މިނިސްޓަރު ވިދާޅުވީ މިއީ ކައުންސިލްތައް ބާރުވެރި ކުރުވާ ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމެއް ކަމަށެވެ.

ލައިސެންސްތަކުން ނަގާ އިދާރީ ފީ ސީދާ ކައުންސިލްތަކަށް ލިބޭ ގޮތް ހެދުމުގެ އިތުރުން ކަނޑު އުޅަނދުގެ ސަލާމަތީ ސެޓްފިކެޓް ކޮންމެ ފަސް އަހަރަކުން އާ ކުރަންޖެހޭގޮތަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ. މި ބަދަލުތައް އާންމުކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ކައުންސިލްތަކުން ދޭ ހިދުމަތްތަކުގެ މަންފާ އެ ކައުންސިލްތަކަށް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ކައުންސިލްތަކުން ފާޅު ކުރާ ކަމަށެވެ. އަދި މިއީ އެކަންކަން ހައްލުކޮށްދެއްވުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top