ޚަބަރު
މާވަށު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ލ. މާވަށް ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެ އެވެ.

މާވަށު ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކޮށްފައި ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

ލ. މާވަށް ބިން ހިއްކުމުގެ މަޝްރޫއު — ފޮޓޯ: އެމްޓީސީސީ

މާވަށު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމުގެ ގޮތުން ކުރިން ހިއްކަން ކަނޑައަޅާފައިވާ 15 ހެކްޓަރުގެ ބިމަށް އިތުރު 15 ހެކްޓަރު އިތުރުކޮށްދެއްވާނެ ކަމަށް މިމަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި މިފަދަ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރަން ނިންމާފައިވާ ކަންކަން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން، 508,816 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، ސޭން ސާޗް ސަރްވޭ ހެދުން ހިމެނެއެވެ. އަދި މި މަޝްރޫޢަކީ 61.46 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top