ދުނިޔެ
ޗައިނާގެ އިތުބާރު އިރާނަށް އެބައޮތް: ޗައިނާ ފޮރިން މިނިސްޓްރީ

އަމިއްލަ ގައުމުގެ ދިފާއުގައި މަސައްކަތްކުރާއިރު މެދުއިރުމަތީގައި މިހާރު ދިމާވެފައިވާ މައްސަލައިގައި އިރާނުން ކަންތައް ކުރާނީ އެންމެ ރަނގަޅަށް ކަމަށާއި އިރާނުން ހާލަތު އިތުރަށް ގޯސްނުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޗައިނާއިން މިހެން ބުނީ އިރާނުން ހޮނިހިރު ދުވަހުގެރޭ އިޒްރޭލަށް ދިން ހަމަލާތަކަށް ރިއާޔަތްކޮށްފަ އެވެ. ހޮނިހިރު ދުވަހުގެރޭ އިރާނުން ވަނީ އިޒްރޭލަށް އެތައްހާސް މިސައިލާއި އެތައް ސަތޭކަ ޑްރޯންތައް ފޮނުވާލާފަ އެވެ. އިރާނުން އެގޮތަށް ކަންތައް ކުރީ މި މަހުގެ އެއް ވަނަ ދުވަހު އިޒްރޭލުން ސީރިއާގެ ދިިމިޝްގުގައި ހުންނަ އިރާނުގެ ކޮންސިއުލޭޓަކަށް އަމާޒުކުރި ހަމަލާގައި މަރުވި އެގައުމުގެ 13 ކޮމާންޑަރުންގެ މަރުގެ ބަދަލުހިފުމުގެ ގޮތުން ނެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ހޯމަ ދުވަހު ފޯނު ކޯލެއް މެދުވެރިކޮށް އިރާނުގެ ވަޒީރު ހުސެއިން އަމީރު އަބްދުالله އަށް ވިދާޅުވީ ސަރަހައްދީ އަދި އަވަށްޓެރި ގައުމުތަކަށް ހަމަލާ އަމާޒު ނުކުރުމަށް އީރާނުން ބާރުއަޅާކަން ޗައިނާއިން ފާހަގަކުރާ ކަމަށެވެ.

އެމްބަސީއަށް ދިން ހަމަލާ ޗައިނާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ހާދިސާ “ބަލައިނުގަނެވޭނެ” ކަމަށް ވެސް ވާންގް ވިދާޅުވި އެވެ.
އިރާނުގެ މަގާމާ ބެހޭ ގޮތުން ވާންގް އަށް މައުލޫމާތު ދެއްވުމަށް ފަހު އަމީރު އަބްދުالله ވަންގް އަށް ވިދާޅުވީ ސަރަހައްދީ ފިތުނަތައް އިރާނަށް އެނގޭ ކަމަށާއި މަސްރަހު އިތުރަށް ގޯސް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ދިން މިސައިލް ހަމަލާގެ ފަހުން އެތައް ގައުމަކުން ވަނީ އީރާނުގެ ސަފީރުން އެގައުމުތަކުގެ ހާރިޖިއްޔާއަށް ހާޒިރުކޮށްފަ އެވެ. އަދި އިޒްރޭލުން ވަނީ ބަދަލުގައި އިރާނަށް ހަމަލާދޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

3
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top