ޚަބަރު
އެމްޑީޕީން ފެނަކަ ދަވާލީ އިންތިހާބު ހޯދަން: ހަސަން ޝިޔާން

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެނަކަ ދަވާލީ ރިޔާސީ އިންތިހާބަށް ފަނޑު ހޯދަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެ އެވެ.

މެންބަރު ހަސަން ޝިޔާން މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެއްޖެކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް މުއިއްޒުގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅޭ އިންޓެލިޖެންސް ރިޕޯޓުތަކެއްކަމަށް ބުނެ ‘ހަަސަން ކުރުސީ’ އެކައުންޓުން ވަނީ ލިޔުންތަކެއް އާންމުކޮށްފަ އެވެ. މި ޕޯސްޓުގައި ރައީސް މުއިއްޒުގެ އެކައުންޓަށް ޖަމާވި ފައިސާތަކާ ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) އަދި ފުލުހުންގެ އިންޓެލިޖެންސުގެ ރިޕޯޓުތަކެއް ކަމަށް ބުނެ ދެ ރިޕޯޓެއް ވަނީ ހިމަނާފަ އެވެ.

މިކަމާ ގުޅިގެން މެންބަރު ހަސަން ޝިޔާން ކުރެއްވި ޕޯސްޓުގައި ބުނެފައި ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގަ ދެވަނަ ދައުރެއް ހޯދަން ހަތަރު ބިލިއަން ރުފިޔާއަށް ފެނަކަ ދަވާލީ ކެމްޕޭނަށް ފަންޑު ހޯދަން ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ކޮރަޕްޝަންކަމަށް ބުނެ މިހާރު ދައްކާ ވާހަކަ އަކީ ބިލިއަނުން ފެނަކަ ދަރުވާލާފަ އެވާހަކަ އޮއްބާލަން ޖައްސާ މީޑިއާ ސްޓަންޓެއްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެމްޑީޕީން ނިމިދިޔަ ސަރުކާރުންކޮށްފައިވާ ގިނަ ކަންކަން އަންނަނީ ފަޅާ އަރަމުންނެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top