ޚަބަރު
ކުދި ގައުމުތަކަށް ލޯން ދޫކުރާ އުސޫލު ބަދަލުކުރަން ޖެހޭ: ފައިސަލް

ރާއްޖެ ފަދަ ކުދި ގައުމުތަކަށް ލޯން ދޫކުރުމުގައި ލުއިފަސޭހަ ހޯދައިދޭން ޖެހޭ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިފަދައިން ވިދާޅުވީ އދ. ގެ ހައި ލެވެލް ތެމެޓިކް ޑިބޭޓް އޮން ޑެޓް ސަސްޓެއިނަބިލިޓީ އެންޑް ސޯޝިއޯ އިކޮނޮމިކް އީކުއަލިޓީ ފޯ އޯލް ގައި ވާހަކަދައްކަވަމުން ނެވެ.

މިނިސްޓަރު ފައިސަލްގެ ޚިޠާބުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ބޭރުގެ ލޮޅުންތަކާ ގުޅިގެން އެސްއައިޑީއެސް (ކުދި ޖަޒީރާތަކަށް) ކުރިމަތިވެފައިވާ ވަކި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފަ އެވެ. މިނިސްޓަރ ވިދާޅުވީ މިކަންކަމުގެ ސަބަބުން އިންފްރާސްޓްރަކްޗަރަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަން ޖެހޭ ކަމަށާއި މިހާރު ލިބެންހުރި ފައިނޭންސިން އޮޕްޝަންތަކަކީ އަގުބޮޑު އަދި ދަރަނި ދެމެހެއްޓެނިވި ގޮތުގައި ބެހެއްޓުމުގެ ފުރުސަތު ހަނިވާ ކަންތައްތަކެއް ކަމަށެވެ.

“އެހެން ގިނަ އެސްއައިޑީސްތަކެކޭ އެއްފަދައިން ރާއްޖެއަށްވެސް ބޭރުގެ ފަރާތްތަކުން ލޯނު ނަގާއިރު ވަރަށް ބޮޑު ހަރަދެއް ކުރިމަތިވޭ. މި އިތުރުވެފައިވާ ހަރަދުތަކުން ދަރަނި ހިދުމަތް ދިނުމުގެ ގާބިލްކަމަށް ވަރަށް ބޮޑަށް ގޮންޖެހުންތަކެއް ކުރިމަތިވެ، އިންފްރާސްޓްރަކްޗާ އާއި ތަރައްގީގެ އެހެން މުހިންމު ބޭނުންތަކަށް އިންވެސްޓް ކުރުމުގެ ގާބިލްކަން ހަނި”

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދަރަންޏަކީ އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ ވަސީލަތެއް ކަމުގައި ވިޔަސް، އަގުހެޔޮ އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ނެގެވެން ޖެހޭނެ ކަމަށެވެ. ފައިސަލް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ކާމިޔާބު ފަތުރުވެރިކަމުގެ ސިނާއަތަށް މެދުފަންތީގެ ގައުމެއްގެ ދަރަޖަ ލިބުނު ނަމަވެސް، މިކަމުގެ ސަބަބުން ލުއި ފައިނޭންސިން ލިބުން ހަނިވެ، ގައުމު ދަރަންޏަށް ބަރޯސާވާން މަޖުބޫރުވެ އެވެ.

“މިއީ ރަނގަޅަށް ހިދުމަތް ދިނުމުގެ ގާބިލްކަމަށް ވަރަށް ބޮޑަށް ގޮންޖެހުންތަކެއް ކުރިމަތިވެ، ތަރައްގީގެ ކުރިއެރުމަށް ހުރަސްއެޅޭ ކަމެއް،” މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދަރަނި ހިދުމަތުގެ ބޮޑު ހަރަދުތަކުން ވަސީލަތްތައް ކޮންމެހެން ބޭނުންވާ އާންމު ހިދުމަތްތަކާ ދުރަށް ޖެހި، އިޖުތިމާއީ އިގްތިސާދީ ނުތަނަވަސްކަން އިތުރަށް ބޮޑުވާ ކަމަށެވެ. މިނިސްޓަރު ފައިސަލްގެ ބަޔާނުގައި ވަނީ އެސްއައިޑީއެސް އަށް ހެޔޮ އަގުގައި ލޯނު ނެގޭނެ ގޮތަށް ބައިނަލްއަގުވާމީ މާލީ އާކިޓެކްޗާއަށް އަވަސް އިސްލާހުތަކެއް ގެނައުމަށް ގޮވާލާފަ އެވެ. އެހެންކަމުން މިނިސްޓަރު ފައިސަލް ވަނީ ދަރަނި ރީފައިނޭންސް ކުރުމުގެ މަސައްކަތްތަކަށް ބައިނަލްއަގްވާމީ އެއްބާރުލުންދީގެން ނާޒުކު އިގްތިސާދުތަކުގައި މާލީ ދަތިކަން ހުއްޓުވޭނެ ލުއި ފިޔަވަޅުތައް ފޯރުކޮށްދިނުމަށް ވަކާލާތު ކުރައްވާފަ އެވެ.

އދ.ގެ މި ބައްދަލުވުމުގައި ރާއްޖެ ބައިވެރިވުމަކީ ދުޅަހެޔޮ ފަތުރުވެރިކަމުގެ ސިނާއަތާއި އިގްތިސާދުގެ ބިންގާ ބަރޯސާވެފައިވަނީ އެކުވެރި ޖަޒީރާ ގައުމުތަކުގެ ހަމަޖެހުމާއި ތަނަވަސްކަމަށްކަން ދެނެގަނެ، ދުނިޔޭގެ މައިދާނުގައި އެސްއައިޑީއެސްއަށް ދެމެހެއްޓެނިވި ހައްލުތައް ހޯދުމަށް ކުރާ ވައުދު ހާމަކޮށްދޭ ކަމެއްކަން ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top