ޚަބަރު
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލު ތަސްދީގުކޮށްފި

އިންތިހާބުވި ޕާޓީ ބަދަލު ކުރުމުން އެމީހެއްގެ ގޮނޑި ގެއްލޭގޮތަށް މަޖިލީހުން ފާސް ކުރި ގާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލަކީ އެޕްރީލް 1, 2024 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. ރައްޔިތުންގެ މަޖިލީހަށް މި ބިލް ހުށަހެޅުއްވީ ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ އެވެ.

މި ބިލް ދިރާސާކުރަން އުފެއްދި ހާއްސަ ކޮމިޓީން ވަނީ މި ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. މި އިސްލާހުތަކާއެކު މި ބިލު ފާސްކުރަން ފެންނަ ކަމަށް 33 މެންބަރުން ވޯޓު ދެއްވިއިރު ބިލާ ދެކޮޅަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ.

އެންޓި ޑިފެކްޝަން ބިލާއެކު ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން މަގާމަކަށް ހޮވޭ މީހަކު ޕާޓީން ވަކި ވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ.

ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ މަގާމުތައް

  • ރައްޔިތުންގެ މަޖިސް
  • ސިޓީ ކައުންސިލް
  • އަތޮޅު ކައުންސިލް
  • ރަށު ކައުންސިލް
  • އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކޮށްފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށޭނެ އެވެ.

 

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top