ކުޅިވަރު
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް: ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖްގެ ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ އެވެ.

ހޯމަ ދުވަހުގެރޭ ކުޅެވުނު ގަދަ 16 ބުރުގެ މެޗުތައް ކާމިޔާބުކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ ޔުނައިޓެޑް އީސްޓް ކޯސްޓް، ޖޭކޭ ސްޕޯޓްސް ކްލަބް، ވިއެނާ ސްޕޯޓްސް، ކްލަބް ކާސިންޖީ (ސީކޭ)، ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ކްލަބް އޯވަންއޯ އެވެ.

ގަދަ 16 ބުރުގެ ހުރިހާ މެޗެސްވެސް ނިމިފައިވަނީ ސީދާ ދެ ގޭމުންނެވެ. އީސްޓް ކޯސްޓުން ޓީސީ ފްރެޓާނިޓީ ބަލިކޮށްފައިވާއިރު، ޖޭކޭ އިންވަނީ ޒެފްރޯލް ގޯޅި ބަލިކޮށްފަ އެވެ. ވިއެނާ ކުއާޓާ އަށް ދިޔައީ ބްރަދާހުޑް ބަލިކުރުމަށްފަހު އެވެ. އަދި ސީކޭ އިން ވަނީ ސީކޭ ކާސިންޖާސް ބަލިކޮށްފަ އެވެ.

ކުޑަ ހެންވޭރުން ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ޓީންއޭޖް ޖޫނިއާސް ބަލިކުރުމަށްފަހު އެވެ. އަދި އޯވަންއޯ އިންވަނީ ޓީސީ ގޯޅި ބަލިކޮށްފަ އެވެ.

ގަދަ 16 ބުރުގެ ފުރަތަމަ ދެ މެޗު ކުޅެފައިވަނީ އާދީއްތަ ދުވަހުގެ ރޭގައެވެ. އެ ދެ މެޗުން މޮޅުވެ ބުރު ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބް ވެސް ވަނީ ކުއާޓާ އިން ޖާގަ ހޯދައިފައެވެ.

ކުއާޓާ ފައިނަލުގައި ބުރު ނިކުންނާނީ ވިއެނާ އާ ދެކޮޅަ ށެވެ. އަދި ޓީސީ ނިކުންނާނީ ސީކޭ އާ ދެކޮޅަ ށެވެ. ތިންވަނަ މެޗުގައި އީސްޓް ކޯސްޓް ކުޑަ ހެންވޭރާ ބައްދަލުކުރާ އިރު ފަހު މެޗުގައި ޖޭކޭ ވާދަކުރާނީ އޯވަންއޯ އާ އެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖްގެ ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭގަ އެވެ.

 

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top