ކުޅިވަރު
ޕާމާގެ މޮޅު ކުޅުމާއެކު ޗެލްސީ އަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ކޯލް ޕާމާގެ ހަތަރު ގޯލާއެކު ޗެލްސީން ތަފާތު ބޮޑު ނަތީޖާއަކުން އެވަޓަން ބަލިކޮށްފި އެވެ.

ހޯމަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ 6-0 ގެ ނަތީޖާއަކުންނެވެ. މެެޗުގެ 29 މިނެޓުގެ ތެރޭގައި ޕާމާ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޗެލްސީގެ ހަތަރު ވަނަ ގޯލު ޖެހީ ނިކޮލަސް ޖެކްސަން އެވެ.

ދެވަނަ ހާފު ފެށިގެން 63 ވަނަ މިނެޓުގައި ޗެލްސީ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ޖަހަން ޗެލްސީގެ ނޯނީ މަޑުއޭކޭ އާއި ޖެކްސަން މަސައްކަތް ކުރިނަމަވެސް، ޕެނަލްޓީ ޖަހާފައިވަނީ ޕާމާ އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ޕާމާ ވަނީ ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމުގެ ހަވަނަ ގޯލު ޖަހާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަލްފީ ގިލްކްރިސްޓު އެވެ. އެއީ އޭނާ ޗެލްސީ އަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

މި މެޗުން ޖެހި ހަތަރު ގޯލާ އެކު ޕާމާ ވަނީ ގޯލް ރޭންކިންގެ އެންމެ ކުރިޔަށް ޖެހިލާފަ އެވެ. ޕާމާގެ އިތުރުން މިވަގުތު އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީގެ އާލިން ބްރައުޓް ހާލަންޑެވެ. މި ދެކުޅުންތެރިންވެސް ވަނީ 20 ގޯލު ޖަހާފަ އެވެ.

ޗެލްސީ އޮތީ 31 މެޗު ކުޅެ 47 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގަ އެވެ. އެވަޓަން އޮތީ 27 ޕޮއިންޓާއެކު 16 ވަނައިގަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top