ދުނިޔެ
ފުން މަޝްވަރާއަކަށްފަހު އިޒްރޭލުން އިރާނަށް ހަމަލާދޭން ނިންމައިފި!

އިޒްރޭލުގެ ހަނގުރާމައާއި ބެހޭ ކެބިނެޓުން މިރޭ ބޭއްވި ދިގު މަޝްވަރާ ބައްދަލުވުމަކަށްފަހު އީރާނަށް ރައްދު ހަމަލާ ދޭން ނިންމައިފި އެވެ.

އެހެން ނަމަވެސް، އިޒްރޭލުން އިރާނަށް ހަމަލާ ދޭނެ ދުވަހެއް އަދި ވަގުތެއް ހާމަކޮށްފައި ނުވެއެވެ.

އިޒްރޭލުގެ އެއާޕޯޓް މިވަގުތު ހުރީ އަލުން ހުޅުވާފަ އެވެ. އިޒްރޭލުގެ މޮސްއަދްގައި މަސައްކަތްކުރާ އޮފިޝަަލަކު އިޒްރޭލުގެ ނޫހަކަށް މައުލޫމާތުދިން ގޮތުގައި އިރާންގެ ރޭވުންތައް އިޒްރޭލުގެ މީޑިއާއަކަށް ހާމަވެއްޖެ ނަމަ، “އެތައްހާސް ރައްޔިތުންނެއް އެއާޕޯޓްތައް ފުރާލާނެ” ކަމަށް ބުނެފަ އެވެ.

އިޒްރޭލުން މިކަން އިއުލާންކުރުމާއެކު މިހާރު އިރާގުން ވަނީ އުރުދުންނާއި އިންވެގެން ހުންނަ ވައިގެ ސަރަހައްދުގައި އެއާ ޑިފެންސް ސިސްޓަމްތައް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

އިޒްރޭލުން މިފަދައިން ނިންމާފައިވާއިރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް ވަނީ ދެގައުމުންވެސް “މައިތިރި” ވެގެން ތިބުމަށް ގޮވާލައްވާފަ އެވެ. އެހެން ނަމަވެސް، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން ވަނީ އިރާނުން ހޮނިިހިރު ދުވަހުގެ ރޭ އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކޮށްފަ އެވެ. އަދި އެމެރިކާއިން ވަނީ އިރާނުން އެގޮތަށް ކަންތައް ކުރީ ވައިޓް ހައުސްއާއި އިޒްރޭލަށް ދުރާލާ ނުއަންގާކަން ފާހަގަކޮށްފަ އެވެ. ޝިޔައީ މުސްލިމުން ގިނަ އީރާނާއި ހާރިޖީ ގުޅުން ދަށް ސައުދީ އަރަބިއްޔާއިން ވަނީ އެ އަމަލަކީ މެދުއިރުމަތީގެ ގައުމުތަކާއި އިޒްރޭލާއި ދެމެދު އޮންނަ ގުޅުން ހީނަރު ކުރުމަށް ހިންގާފައިވާ އަމަލެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.

ހޮނިހިރު ދުވަހުގެ ރޭ އިރާނުން  ވައިގެ މަގުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާ ދިފާއު ކުރުމަށް އުރުދުންގެ ދިފާއީ ބާރުން ވަނީ ބޮޑު މަސައްކަތެއް ކޮށްފަ އެވެ. އެކަމުގެ ސަބަބުން އުރުދުންގެ ރަސްގެފާނު އަބްދުﷲ އަށް މުޅި ދުނިޔޭގެ މުސްލިމުންގެ ފާޑުކިޔުން އަމާޒުވަމުންދާއިރު ރަސްގެފާނު ވަނީ އުރުދުންގެ އާންމުންނަށް އިރާނުގެ މިސައިލްތަކުން ގެއްލުންވެދާނެތީ މިސައިލްތައް އިޒްރޭލަށް ފޯރުކުރުމުގެ ކުރިން ނައްތާލަން ޖެހުނު ކަމަށް ވިދާޅުވެފަ އެވެ.

އެކި ގައުމުތަކުން މި މަސްރަހާއި ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަދައްކަމުންދާއިރު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގުޓަރޭޒް ވަނީ  އެގައުމުގެ ދިފާއުގައި އިޒްރޭލަށް ހަމަލާދިނުމުގެ ހައްގު އިރާނަށް ލިބިގެންވާކަމަށް ވިދާޅުވެފަ އެވެ. އިރާނުން އިޒްރޭލަށް ހަމަލާދިނީ އެޕްރީލް 1 ގައި އިޒްރޭލުން ސީރިޔާގައި ހުރި އިރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާގެ ރައްދުގަ އެވެ. އެހަމަލާގައި އިރާނުގެ 13 ކޮމާންޑަރުން މަރުވެފައި ވެއެވެ. އދ ގެ ޗާޓަރު ގެ އާޓިކަލް 51 ގައި ބުނާ ގޮތުން މިނިވަން މުސްތަގިއްލު ގައުމަކަށް އެހެން ގައުމަކުން ހަމަލާދީފި ނަމަ އެގައުމެއްގެ ދިފާއުގައި ރައްދު ހަމަލާއެއް ދިނުމުގެ ހައްގު ލިބިގެން ވެއެވެ. އެހެން ގައުމެއްގައި ހުންނަ ކޮންސިއުލޭޓަކަށް ހަމަލާދިނުމަކީ އެގައުމެއްގެ އިހުތިސާސަށް ގެއްލުން ދިނުން ކަމަށް ބައިނަލްއަގްވާމީ ގާނޫނުތަކުގައި ބަޔާންކޮށްފައި ވެއެވެ.

އީރާނުން ދިން ހަމަލާތަކުން ދިފާއުވުމަށް ހޮނިރު ދުވަހުގެ ރޭ އެމެރިކާ، އިނގިރޭސިވިލާތް އަދި އިޒްރޭލުން ގުޅިގެން އެއް ބިލިއަން ޑޮލަރުވަރު ހަރަދުކޮށްފައިވާއިރު އިރާނުން އިޒްރޭލަށް ހަމަލާދިނުމަށް ހަރަދުކޮށްފައިވަނީ އެ އަދަދުގެ ކުޑަ މިންވަރެކެވެ.

އޭގެ އަނެއްކޮޅުން އިޒްރޭލުން މިހާރުވެސް ދަނީ ފަލަސްތީނުގެ ނަބްލުސް ސަރަހައްދުން މީހުން ޝަހީދުކުރަމުން ނެވެ. އަދި ބޮން އަޅަމުންދާ ސަރަހައްދުތައް ދޫކޮށްފައި ދާމީހުންނަށްވެސް ހަމަލާ އަމާޒުކުރަމުންދާކަން ފާހަގަކޮށްލަން ޖެހެ އެވެ.

52
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top