ޚަބަރު
އެމްއެންޕީ ކެންޑިޑޭޓެއް އަމިއްލަ ކެންޑިޑޭޓަކަށް ތާއީދުކޮށްފި
ފޮޓޯ: މިހާރު

އެމްއެންޕީގެ ފަރާތުން މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓު، އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރާ ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމައިފި އެވެ.

އެމްއެންޕީގެ ފަރާތުން ކުރެންދޫ ދާއިރާއަށް ވާދަކުރައްވަނީ މުހައްމަދު ޔޫސުފް (މާޔާ) އެވެ. އޭނާ ތާއީދު ކުރަން ނިންމާފައިވަނީ މިހާރުވެސް އެދާއިރުގެ މެންބަރުކަން ކުރައްވަމުންދާ އަބްދުލްގަނީ އަބްދުލް ހަކީމެވެ. ގަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާއަށް ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގަ އެވެ. އެހެން ނަމަވެސް، ރިޔާސީ އިންތިހާބު ނިމުމުގެ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އޭނާ ވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގެންފަ އެވެ.

މާޔާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ގަނީ އަށް ތާއީދު ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ފުއްދުމާއި ދާއިރާގެ ތަރައްގީ އަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ބަލާފައި ކަމަށެވެ. ވީމާ އޭނާއަށް ތާއީދުކުރި އެންމެން ގަނީއަށް ވޯޓު ދިނުމަށް މާޔާ އެދިފައި ވެއެވެ.

އެއާއެކު، ގަނީ ހިމެނޭހެން މިވަގުތު ކުރެންދޫ ދާއިރާއަށް ވާދަކުރައްވަނީ ޖުމްލަ 4 ބޭފުޅުން ނެވެ. އެއީ ޕީއެންސީގެ ފަރާތުން އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް، އެމްޑީޕީގެ ފަރާތުން މިހާރުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒްއާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ޝާމިން ހަބީބް އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top