ޚަބަރު
އިންތިހާބާއި ގުޅޭ 16 މައްސަލައެއް އޭސީސީއަށް

އިންތިހާބާއި ގުޅޭ 16 މައްސަލައެއް މިހާތަނަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ހާމަކޮށްފި އެވެ.

މިއަދު “ޖަޒީރާ” އަށް މައުލޫމާތުދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 14 މައްސަލައެއް މިވަގުތު ތަހުގީގު ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް، އެމައްސަލަތަކުގެ ތަފްސީލު މިވަގުތު ހާމަކުރެވެން ނެތް ކަމަށް އޭސީސީން  ބުނެފައި ވެއެވެ.

އިންތިހާބަށް ހާއްސަ ކުރެވިފައިވާ އިންތިހާބާ ގުޅޭ ޕޯޓަލް މެދުވެރިކޮށް އިންތިހާބާއި ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް އޭސީސީން އިލްތިމާސްކޮށްފައި ވެއެވެ.

އިންތިހާބާއި ގުޅިގެން ތަފާތު އެކި މައްސަލަތައް އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައި ވެއެވެ. އެންޓި ކެމްޕެއިން ކުރުން ފަދަ މައްސަލަތަކަށް ފިޔަވަޅު އަޅާނެ ކަމަށް އީސީން ބުނެފައި ވެއެވެ.

މި މަހުގެ 21 ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ވާދަކުރައްވަން ޖުމުލަ 386 ކެންޑިޑޭޓުން ކުރިމަތިލައްވާފައި ވެއެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top