ޚަބަރު
އެންޓި ކެމްޕެއިން ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އީސީ
ފޮޓޯ: މިހާރު އޮންލައިން

މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެއްވެސް ޕާޓީއެއް ނުވަތަ ކެންޑިޑޭޓަކާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އެހެން ކެންޑިޑޭޓުންނާއި ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރުން މަނާކަން ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އިލެކްޝަންސް އިން ބުންޏެވެ.

އެހެންކަމުން، ގަވާއިދާއި ހިލާފަށް އެންޓި ކެމްޕެއިން ކުރަމުންދާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް އީސީން ބުނެފައި ވެއެވެ.

“ގަވާއިދު ނަންބަރު 2020/R-48 (އިންތިހާބުތަކާބެހޭ އާންމު ގަވައިދު) ގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސްކުރަން،” އީސީގެ ބަޔާނުވައިވެ އެވެ.

މިފަހަރުގެ އިންތިހާބުގެ ކެމްޕެއިން ތެރެއިން ބައެއް ކެންޑިޑޭޓުން މިފަދަ އަމަލުތައް ހިންގާކަން ކޮމިޝަނަށް އެނގިފައިވާ ކަމަށް އީސީން ބުނެފައި ވެއެވެ. އަދި އެންޓި ކެމްޕެއިން ކުރެވޭ މާނައެއްގައި ކެމްޕެއިން ބެނާތަކާއި ޕޯސްޓަރުތައް ބޭނުންކޮށްފައިވާ ކަންވެސް އީސީން ފާހަގަކުރި އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top