ޚަބަރު
އަލިފުށީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ރ. އަލިފުށީ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިއަދު ހަވީރު އަލިފުށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. މި ރަސްމިއްޔާތުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓާ ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރު އާއި ކުންފުނީގެ އިސް ބޭފުޅުންގެ އިތުރުން ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގައި ސޮއި ކުރެވުނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ޖުމްލަ އަގަކީ 90,956,112.97 ދިވެހި ރުފިޔާ އެވެ.

ރ. އަލިފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 7 މަގެއްގެ މަސައްކަތް ކުރެވޭނެ އެވެ. އެއީ ޖުމްލަ 3819.4 މީޓަރެވެ. ރ. އަލިފުށީގެ މަގުތައްވެސް ތަރައްގީ ކުރެވިގެންދާނީ ސްޓޯމް ވޯޓާ ނެޓްވޯކާއި ފެން ހިއްކުމަށް ގަޓަރުތައް ހެދުމާއި ފެނާއި ނަރުދަމާ ހިމެނޭހެން ޔުޓިލިޓީ ލައިންތަކަށް ބޭނުންވާ ޖަންކްޝަންތައް ބެހެއްޓުމާއި ތާރު އެޅުމުގެ އިތުރުން މަގު ބައްތި ޖެހުމާއި ސްޕީޑް ބްރޭކަރާއި ރޯޑް ސައިން ބޯޑު ހަރުކުރުން ފަދަ މަސައްކަތް ކުރެވިގެން ނެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top