ޚަބަރު
އިހުސާނާއި ފުލުހުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއް ބަލަނީ

ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން ފުލުހުންގެ ބައެއް އިސް އޮފިސަރުންތަކެއް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ބަލަން ނިންމައިފި އެވެ.

މައްސަލަ ފެންމަތިވެފައިވަނީ ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާނާއި ފުލުހުންގެ އޮފިސަރުންތަކެއްގެ ވާހަކަ ހުރިގޮތުންނެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މި މައްސަލަ އެޖެންޑާކޮށްފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލާފަ އެވެ.

ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މީހުން ވަނީ 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި އެންމެންގެ މައްޗަށް ކުށް ސާބިތު ވާވަރަށް ހެކި ހުރިކަމަށް ބުނެފަ އެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ މައްސަލައިގައި ލިބިފައިވާ ހެކިތައް ހާމަކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ މިނިސްޓަރު އިހުސާނާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި އަދި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭ ގޮތަށް އަދި ކޯޓުގެ ހުރުމަތް ކެނޑި މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް އަންނަ ބުދަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ.

3
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top