ޚަބަރު
ގިރާވަރުފަޅުން ދޫކުރި ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް މުއްދަތު އިތުރުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކުރި 1،327 ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ދިން މުއްދަތު އިތުރުކޮށްފި އެވެ.

ގިރާވަރުފަޅުން ދޫކޮށްފައިވާ ގިނަ އަދަދެއްގެ ގޯތިތަކެއް ގުޅީފަޅަށް ބަދަލު ކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ ގިރާވަރުފަޅަށް ބޭނުންވާ މުހިންމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެކަށީގެންވާ ވަރަށް ބިން ކަނޑަނާޅާ އެ ތަނުން ގޯތި ދިނުމުންނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ބިން ދޫކޮށްފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގަ އެވެ. އެ ސަރުކާރުން ބިން ދޫކުރިގޮތަށް އޭރު އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުވެސް ކިޔާފަ އެވެ.

ގިރާވަރުފަޅުން ދޫކުރި ގޯތިތައް ގުޅީފަޅަށް ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުޅުވާލި ފުރަތަމަ ފުރުސަތު ހަމަވެފައިވަނީ އިއްޔެ އަށެވެ. ހައުސިން މިނިސްޓްރީން ވަނީ އެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ގިރާވަރުފަޅުން ދޫކުރި ގޯތިތައް ގުޅީފަޅަށް ބަދަލު ކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ގިނަ ބަޔަކު އެދެމުން ދާތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:00 އަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ގޯތި ބަދަލު ކުރަން ނިންމާފައިވަނީ ވަކި އަދަދަކަށެވެ. އެ އަދަދަށް ވުރެ އިތުރަށް ހުށަހަޅާފައިވާނަމަ އަދަދު ކަނޑައަޅާނީ ގުރު ނަގައިގެންކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top