ޚަބަރު
ވޯޓު ގަންނަ ފަރާތްތައް ތަހުޤީޤްކޮށް، ދައުވާކުރުމަށް ގޮވާލައިފި
ފޮޓޯ: މިހާރު އޮންލައިން

މަޖިލީހުގައި ދާއިރާތަކުގެ ބޮޑުމިން ކަނޑައަޅާ ފޯމިއުލާ މުރާޖައާ ކުރަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފި އެވެ.

ޓްރާންސްޕޭރެންސީއިން މިގޮތަށް ގޮވާލީ މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން އެ ޖަމިއްޔާއިން ނެރުނު އެސެސްމެންޓް ރިޕޯޓްގަ އެވެ.

ޓްރާންސްޕޭރެންސީން ނެރުނު ރިޕޯޓްގައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިރާތަކުގެ އަދަދު ކެޕްކުރުމުގެ ވިސްނުމުގައި ދާއިރާތަކުގެ ބޮޑުމިނާއި އަދަދު ކަނޑައެޅުމަށް މިހާރު އަމަލުކުރަމުންދާ ފޯމިއުލާ ކަމާ ބެހޭ ފަރާތްތަކުން މުރާޖައާކުރުމަށް ގޮވާލާފަ އެވެ.

މީގެ އިތުރަށްވެސް ޓްރާންސްޕޭރެންސް މޯލްޑިވްސްއިން ވަނީ ތިރީގައިވާ ކަންތައްތަކަށް ގޮވާލާފަ އެވެ.

  • ސިޔާސީ ޕާޓީތަކާއި ކަމާ ބެހޭ އެހެން ފަރާތްތަކުން ސިޔާސީ ޕާޓީގެ ފެންވަރުގައި އަންހެނުންނަށް ކުރިމަތިވެދާނެ ހުރަސްތައް ދެނެގަނެ އެކަން ހައްލުކޮށް، އަމިއްލަ އިސްނެގުމުގެ މަތިން ކޯޓާ ނިޒާމެއް މެދުވެރިކޮށް އިންތިހާބުތަކުގައި ޕާޓީ ތަމްސީލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުން.
  • އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި ފުލުހުން ހިމެނޭހެން ކަމާ ބެހޭ ފަރާތްތަކުން ވޯޓު ގަތުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މޮނިޓާކޮށް، ތަހުގީގުކޮށް އަދި ދައުވާކުރުމަށް ހުށަހެޅުން ހަރުދަނާކުރުން.
  • އިންތިހާބުގެ މުއްދަތުގައި މިހާރުގެ ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާ ބެހޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ގައިޑްލައިންގައި ހިމެނޭ މާއްދާތައް ރައްޔިތުންގެ މަޖިލީހުން މުރާޖާކޮށް ގާނޫނުގައި ހިމެނުން.
  • ރައްޔިތުންގެ މަޖިލިސް ހިމެނޭހެން ކަމާ ބެހޭ ފަރާތްތަކުން ދާއިމީ އެޑްރެސް ނިޒާމަށް ބަހުސްކޮށް ދާއިރާތައް މިހާރު ބަހާގޮތް މުރާޖައާ ކުރުމާއި މި ކަހަލަ ރިވިއުއެއްގައި އާބަން ސެންޓަރުތަކާއި ހާއްސަކޮށް މާލެ އާއި އެހެން ރަށްރަށާ މެދުގައި ހަމަހަމަކަން ގާއިމްކުރުމަށް އިސްކަންދިނުން.

އެޖަމިއްޔާއިން ނެރުނު ރިޕޯޓްގައި ވަނީ ތަފާތު އެކި ކަންތައްތަކާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ޓްރާންސްޕޭރެންސީން ފާހަގަކުރީ އާންމުން ވޯޓުގެ ބަދަލުގައި ކެންޑިޑޭޓުންގެ ފަރާތުން ފައިސާއަށް އެދޭ މައްސަލަ ފާހަގަކޮށްފަ އެވެ. އެގޮތުން މި އެސެސްޓްމަންޓް ހެދުމަށް އިންޓަވިއު ކުރި ހުރިހާ ފަރާތްތަކުންވެސް މިކަން ފާހަގަކުރި ކަން ޓްރާންސްޕޭރެންސީގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

“އިންޓަވިއު ކުރި ބައެއް ކެންޑިޑޭޓުން ވަނީ ވޯޓުލާ މީހުން ސީދާ އެމީހުންގެ ވޯޓުގެ ބަދަލުގައި ފައިސާ އާއި އެހެނިހެން އިނާޔަތްތަކަށް އެދިފައިވާ ކަމަށް ހިއްސާކޮށްފަ” އެ ރިޕޯޓުގައި ވެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ވޯޓު ގަތުމާއި އިންތިހާބީ ފައިދާއަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން އާންމުވުމުގެ މައްސަލަ ފާހަގަކުރި އެވެ. ދައުލަތުގެ ވަސީލަތްތައް އަމިއްލަ ފައިދާއަށް ބޭނުންކުރުން ގާނޫނުގައި މަނާކޮށްފައިވާ އިރު، އެކަމުގައި ބައިވެރިވާ ފަރާތްތައް ޒިންމާދާރުކުރުމަށް ގާނޫނީ ހުސްކަމެއް އޮތްކަން މި ރިޕޯޓްގައި ހިމަނާފައި ވެއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ޓްރާންސްޕޭރެންސީން ފާހަގަކުރީ ދާއިރާތަކުގެ ރައްޔިތުން ރަނގަޅަށް ތަމްސީލުނުކުރުމުގެ މައްސަލަ އެވެ.

ދާއިމީ އެޑްރެސްއަށް ބަލާ، ދާއިރާތަކަށް ވޯޓުލާމީހުން ކަނޑައެޅުމުގެ ސަބަބުން އާންމު ދިރިއުޅުން ބިނާވެފައިވާ ދާއިރާތައް ނޫން އެހެން ދާއިރާތަކަށް ވޯޓުލާ އެތައްހާސް ފަރާތްތައް ވާކަން ފާހަގަކޮށްފައި ވެއެވެ. ވޯޓުލާ މީހުންގެ ލިސްޓުތައް ދާއިމީ އެޑްރެހަށް ބިނާވެފައި އޮތުމުން ވޯޓުލާ ގިނަ މީހުންނަށް ވޯޓުދިނުމަށް މަޖުބޫރު ކުރެވެނީ އާންމުކޮށް ދިރިއުޅޭ، އިޖުތިމާއީ އިގުތިސާދީ އަދި ސިޔާސީ ގޮތުން އެތަނަކާ ގުޅުން ހުރި ދާއިރާތަކަކަށް ނޫން ކަމަށާއި އޭގެ ތެރޭގައި މާލެއަށް ދާއިމީކޮށް ދިރިއުޅުން ބަދަލުވެފައިވާ އެތައް ހާސް ބަޔަކު ވެސް ހިމެނޭ ކަމަށް މި ރިޕޯޓްގައި ބުނެފައި ވެއެވެ.

“މީގެ ތެރޭގައި މާލެ ދަފުތަރުގައި ހިމެނޭ ގިނަ މީހުން ވެސް ހިމެނޭ. މާލެ ސިޓީއަށް އަލަށް އިތުރުކުރެވުނު ދެ ދާއިރާއަށް ދަފުތަރުގައި ހިމެނޭ ގިނަ ފަރާތްތަކެއް އިލެކްޝަންސް ކޮމިޝަނުން ހިމެނި ކަމުގައި ވީ ނަމަވެސް، މިފަދަ ‘ރެންޑަމް އެލޮކޭޝަން’އަކުން އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ފުރިހަމައަށް ހައްލެއް ނުލިބޭ،”

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top